ލިކަމެކް ނައިޓްމާކެޓުގެނަމުގައި "އުގުޅޭ ބާޒާރު" މާދަމާ ހަވީރު ފަށަނީ
އިސްމާއިލް ރިޒާ
16 އޭޕްރީލް 2019 - 19:01
0 comments
ލިކަމެކް ޕްރައިވެޓް ކުންފުނިން ބާއްވާ، ނައިޓް މާކެޓު މާދަމާ ފަށަން ތައްޔާރު ވެއްޖެ އެވެ.
ރޯދައާ ދިމާކޮށް ބާއްވާ، ނައިޓް މާކެޓު ނުވަތަ "އުގުޅޭ ބާޒާރު" މިފަހަރު ކުރިއަށް ދާނީ ދަރުބާރުގޭގައި އިންޑޯ މާކެޓެއްގެ ގޮތުގައެވެ. މިއީ ރާއްޖޭގައި ވިޔަފާރި މާކެޓެއް އިންޑޯ ހޯލެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ސްޓޯލް ނަގާފައިވާ ފަރާތްތަކުން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު ނައިޓް މާކެޓް ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަކީ މާދަމާ ހަވީރު 16:00 އެވެ.
18 ވަނަދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އިން ރޭގަނޑު 23:00 އަދި 26 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އިން އެރޭގެ އިރުއޮއްސި 18:00 އަށެވެ.
މި ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން ރޭގަނޑު 20:00 އަށް ނައިޓް މާކެޓް އާމުންނަށް ބަންދުވާނެ އެވެ.
ރޯދަ މަހާއި ދިމާކޮށް ރައްޔިތުންނަށް އެއްތާކުން ވިޔަފާރިކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ ވިޔަފާރި ބާޒާރުތަކަށް ދިވެހިންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވިޔަފާރިކުރުމަށް ޖަމާވެއެވެ.
ކިޔުންތެރިންގެ ޝުއޫރު