ޚަބަރު
ސުޕްރީމް ކޯޓުގެ ހުކުމާއެކު ދޫވި މަފްތޫހު އަނެއްކާވެސް ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އައްޑޫސިޓީން ހައްޔަރުކުރި ގއ. ކޮލަމާފުށި މަފްތޫހް ސައީދު އަނެއްކާވެސް ހައްޔަރުކޮށް ބަންދުކޮށްފިއެވެ.

މަފްތޫހަކީ މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހު އައްޑޫ ސިޓީއިން ހަރުކަށި ފިކުރަށް ތާއީދުކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެކަކެވެ. އޭނާ ބަންދުން ދޫވީ ސުޕްރީމް ކޯޓުން ޖުލައި 30 ގައި ކުރި ހުކުމަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ މަފްތޫހު އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޖުލައި 1 ވަނަ ދުވަހުކަމަށެވެ. އަދި އޭނާގެ ބަންދަށް ވަނީ 14 ދުވަސް ޖަހާފައެވެ.

އޭނާއަށާއި އޭނާއާއެކު ހައްޔަރުކުރި މީހުންގެ މައްޗަށް ނުރައްކާތެރި ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

އެހެން ނަމަވެސް ސުޕްރީމް ކޯޓުގައި މަފްތޫހުގެ ފަރާތުން އެ އަމުރު އިސްތިއުނާފުކުރުމުން އެ ކޯޓުން ޖޫން 30 ވަނަ ދުވަހު ހުކުމް ކުރީ އޭނާގެ މައްޗަށް ފުލުހުން ހުށަހެޅި އިންޓެލް ރިޕޯޓުގެ އިތުުރުން އެހެން ހެކި ހުރިތޯ ބަލައި, ހުރިނަމަ ދަށު ކޯޓަށް ހުށަހަޅާއިގެން ބަންދުކުރުމުގެ އަމުރަކަށް އެދެވޭނެކަމަށް ނިންމުމުންނެވެ. އެ ހުކުމާއެކު އޭނާ ބަންދުން ދޫވީއެވެ.

ސުޕްރީމް ކޯޓުގައި އޭނާގެ ފަރާތުން ފާހަގަކޮށްފައިވަނީ އިންޓެލް ރިޕޯޓްގެ އިތުރުން އެހެން ހެއްކެއް އޭނާގެ މައްޗަށް ނެތުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މައްސަލާގައި ސުޕްރީމް ކޯޓުން ބުނި ގޮތުގައި ހަމައެކަނި އިންޓެލް ރިޕޯޓެއް އޮވެގެން އެއަށް ބާރުލިބޭ އެހެން ހެއްކެއް ނެތި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ "ކޮންމެ ވެސް މިންވަރެއްގެ ހެކި" ހުރި ކަމުގެ އޮޅިގަނޑު ދަށު ކޯޓުގައި ގިރާ ނުކުރެވޭނެ ކަމަށް ދަށު ކޯޓުގެ ގާޒީ ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބަލާނެ ތަނެއް ނެތެވެ.

އެހެންވެ، މަފްތޫހު ބަންދުކުރަން ނެރެފައި އޮތް އަމުރު ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު