ޚަބަރު
މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި
މޫސުން ގޯސްވެ, ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ރީނދޫ އެލާޓް ނެރެފިއެވެ.

މިގޮތުން، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ، ސަމާލު ނެރުނު ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ވައިގަދަވާނެ ކަމަށް ލަފާ ކޮށް، މިއަދު މެންދުރުފަހު 15:00 އާއި ހަމައަށް ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

މެޓްއިން ލަފާކުރާ ގޮތުގައި އެ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި, ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.

އޭގެ އިތުރުން އުދައެރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

މި ހަފްތާގެ ބުދަ ދުވަހުން ފެށިގެން ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ. އަދި އާދީއްތަ ދުވަހާ ހަމައަށް ވިއްސާރައާއި ގަދަ ވަޔާއެކު ކަނޑުތައްވެސް ގަދަވާނެކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

ކަނޑުތައް އުތުރާއި މެދުރާއްޖެތެރޭގައި އާންމުގޮތެއްގައި ގަދަ ވާނެ ކަމަށާއި އަދި ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު