ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިންތިގާލީ އިންސާފުގެ އޮފީހުން 19 މައްސަލައެއް ތަހުގީގުކުރަން ނިންމައިފި
އިސްމާއިލް ރިޒާ
04 އޯގަސްޓް 2021 - 12:32
0
comments
Tweet
Telegram
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް 19 މައްސަލައެއް ތަޙްޤީގުކުރަން ނިންމާފައިވާ ކަމަށް އެއޮފީހުން ވިދާޅުވެއްޖެއެވެ. އިންތިޤާލީ އިންސާފުގެ އޮފީހަށް މައްސަލަތައް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވަނީ ޖޫންމަހުގެ 13 ވަނަ ދުވަހުއެވެ.
އެ އޮފީހަށް މައްސަލަ ހުށަހަޅަން ޖެހޭ މުއްދަތު މި މަހު 13 ގެ ނިޔަލަށް ހަމަވާއިރު، މިހާތަނަށް ޖުމްލަ 84 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.
އޮމްބަޑްސްޕާސަން އޮފީހުގެ އެންމެ ފަހުގެ މަސައްކަތްތަކުގެ ތަފުސީލު ދެއްވަމުން، ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގުރާމްގައި އެ އޮފީހުގެ ޑިރެކްޓާ ޖެނަރަލް އަހްމަދު ޔާމީން ވިދާޅުވީ މި 19 މައްސަލައިގެ އިތުރުން، އެ އޮފީހަށް ހުށަހަޅާފައިވާ އެހެން މައްސަލަތަކުގެ ތަހުގީގު ފަށަން ބޭނުންވާ ކަންކަން ވެސް ކުރައްވަމުން އަންނަ ކަމަށެވެ.
"ވަރަށް ބާރަށް މި އޮފީހުގެ މަސައްކަތްތައް ކުރިއަށް އެބަދޭ. ވީހާ ވެސް އަވަހަށް މައްސަލަތައް ނިންމުމަށްޓަކައި ބޭނުންވާ ޑޮކިއުމެންޓްސް ހޯދުމާ އަދި އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ،" ޔާމީން ވިދާޅުވި އެވެ.
އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން މައްސަލަ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެ އޮފީހުން އިސްނަގައިގެންވެސް މައްސަލަ ބަލާނެކަމަށް އެއޮފީހުން ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި އިންސާފް ޤާއިމްކޮށްދިނުމުގެ ބާރު ޤާނޫނުން އެ އޮފީހަށް ލިބިދީފައިވާއިރު، އެއޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މާލީ ބަދަލު ނަގައިދޭން ހުށަހެޅޭ ބާވަތުގެ މައްސަލައެއްނަމަ، އެބަދަލު ނަގައިދެވޭނެ ގޮތްތައްވެސް ވަނީ ކަނޑައަޅާފައެވެ. މާލީ ބަދަލުގެގޮތުގައި ބަލަނީ މީހާގެ ވަޒީފާއަށް ނުވަތަ ދެވިފައިވާ އަނިޔާއަކާއި ގުޅިގެން ސިއްޙީ ގޮތުން ކުރަންޖެހުނު ޚަރަދުތަކާއި އެނޫން ޚަރަދުތަކުގެ ބަދަލު ނަގައި ދިނުމަށެވެ.
އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގަ އެވެ. އެ އޮފީހަށް ހުށަހަޅާ ހުރިހާ މައްސަލައެއް ދެ އަހަރުގެ ތެރޭގައި ބަލައި ނިންމައި، އިންސާފު ހޯދައިދޭން ޖެހެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
20 ގަޑިއިރު ކުރިން
0
ރައީސްގެ ދަރިކަލުންނާ ގުޅުވައި ދެއްކި ވާހަކަ ޗިލްޑްރަންސް އޮމްބަޑްސްޕާސަންސް އޮފީހުން ވެސް ކުށްވެރިކޮށްފި
2 އަހަރު ކުރިން
0
އިންތިގާލީ އިންސާފުގެ އޮފީހުގެ މުއްދަތު އިތުރުކުރައްވައިފި
3 އަހަރު ކުރިން
0
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން ލައިޒާ އިސްތިއުފާ ދެއްވައިފި
3 އަހަރު ކުރިން
0
ޗިލްރަންސް އޮމްބަޑްސްޕަރސަން އޮފީހަށް މައްސަލަ ހުށަހަޅަން ނަމްބަރެއް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރޯދަ މަހުގެ ފަހު 10ގެ ތިން ދުވަހެއްގައި އެމްއައިބީ ހުޅުވާނެ
2 ގަޑިއިރު ކުރިން
0
މި ރަމަޟާން މަހު ދިރާގު މެޖިކް ޑޭޓާ އެކްޓިވޭޓްކޮށްގެން ހިލޭ ޑޭޓާ
5 ގަޑިއިރު ކުރިން
0
ހޯރަފުށީ ދާއިރާގައި އިގްތިޞާދީ ހަރަކާތްތައް ހުއްޓި، ވަޒީފާގެ ފުރުސަތު ބަންދުވެފައި..!
6 ގަޑިއިރު ކުރިން
0
ފަނޑިޔާރުން މަދުކުރާ ބިލު ކޮމިޓީއަށް
5 ގަޑިއިރު ކުރިން
0