ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޗިލްރަންސް އޮމްބަޑްސްޕަރސަން އޮފީހަށް މައްސަލަ ހުށަހަޅަން ނަމްބަރެއް
އަލީ ރާޒީ
24 ޖުލައި 2022 - 00:25
0
comments
Tweet
Telegram
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަތައް ހުށަހެޅުމަށް ހިލޭ ގުޅޭނެ ނަންބަރެއް ތަޢާރަފުކޮށްފިއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް 2 އަހަރު ފުރުމާއި ގުޅުވައިގެން، އޮފީހުގެ ރަސްމީ ޓޯލް ފްރީ ނަންބަރު ނުވަތަ ހިލޭ ގުޅޭނެ ނަންބަރެއްގެ ގޮތުގައި އިފްތިތާޙްކޮށްފައިވަނީ 1656 އެކެވެ. މި ހޮޓްލައިން ނަންބަރުގެ ބޭނުމަކީ އާއްމުންނަށް ވީހާވެސް ފަސޭހަކަމާއެކު މައްސަލަތައް ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުންކަމަށް އޮމަބްޑްސްޕަރސަންގެ އޮފީހުން ވިދާޅުވެއެވެ.
އެ އޮފީހުން ބުނީ، އެ ނަންބަރުގެ ސަބަބުން އާންމުންނަށް ވީހާ ވެސް ފަސޭހަކަމާއި އެކު ހުށަހަޅަން ބޭނުންވާ މައްސަލަތައް ހުށަހެޅޭނެ ކަމަށެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ހިލޭ ގުޅޭނެ ހޮޓްލައިން ނަންބަރެއް ތަޢާރަފުކޮށްފައިވާއިރު، އީމެއިލް މެދުވެރިކޮށްގެންނާއި، ސިޓީ މެދުވެރިކޮށްގެންނާއި، އަދި އޮފީހަށް ހާޒިރުވެގެންވެސް މައްސަލަ ހުށަހެޅިދާނެކަމަށް އެ އޮފީހުން ވިދާޅުވެއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ އިދާރާތަކުން ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އަށް ޢަމަލުކުރާ މިންވަރު ދެނެގަނެ، މި ޤާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ބާރުއެޅުމާއި، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާއާއި އެއްގޮތަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާއި އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމެވެ.
މީގެ އިތުރުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ އިތުރުން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙުޤީޤުކޮށް މުޠާލިޢާކުރުމަކީ ވެސް އެ އޮފީހުގެ މަސްއޫލިއްޔަތެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
20 ގަޑިއިރު ކުރިން
0
ރައީސްގެ ދަރިކަލުންނާ ގުޅުވައި ދެއްކި ވާހަކަ ޗިލްޑްރަންސް އޮމްބަޑްސްޕާސަންސް އޮފީހުން ވެސް ކުށްވެރިކޮށްފި
25 ދުވަސް ކުރިން
0
އަންހެން ޓީޗަރަކު ފިރިހެން ދަރިވަރަކު ގްރޫމްކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަނީ
27 ދުވަސް ކުރިން
0
ދަރިވަރަކާ ބެހުނު ޓީޗަރަކު ސަސްޕެންޑްކޮށްފި
1 މަސް ކުރިން
0
ކުޑަކުއްޖާ ރޭޕް ކުރި ކާފަވެސް ޖަލުގައި މަރުވެއްޖެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރޯދަ މަހުގެ ފަހު 10ގެ ތިން ދުވަހެއްގައި އެމްއައިބީ ހުޅުވާނެ
2 ގަޑިއިރު ކުރިން
0
މި ރަމަޟާން މަހު ދިރާގު މެޖިކް ޑޭޓާ އެކްޓިވޭޓްކޮށްގެން ހިލޭ ޑޭޓާ
5 ގަޑިއިރު ކުރިން
0
ހޯރަފުށީ ދާއިރާގައި އިގްތިޞާދީ ހަރަކާތްތައް ހުއްޓި، ވަޒީފާގެ ފުރުސަތު ބަންދުވެފައި..!
6 ގަޑިއިރު ކުރިން
0
ފަނޑިޔާރުން މަދުކުރާ ބިލު ކޮމިޓީއަށް
5 ގަޑިއިރު ކުރިން
0