އިސްމާއިލް ރިޒާ
08 ސެޕްޓެމްބަރ 2022 - 22:35
0 comments
އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން ކަމުގެ އިސްތިއުފާ ދެއްވި ލައިޒާ--
އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން މަރިޔަމް ލައިޒާ އިސްތިއުފާ ދެއްވައިފި އެވެ.
މިމަހުގެ ހަ ވަނަ ދުވަހު ލައިޒާ އިސްތިއުފާ ދެއްވާފައިވާ ކަން ރައީސް އޮފީހުން ކަށަވަރުކޮށްދިނެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ.އިންތިގާލީ އިންސާފުގެ އޮފީހަށް އޮމްބަޑްސްމަނުން އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ލައިޒާ ވަނީ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރާއެއްގެ މަގާމާއި، ހިއުމަންރައިޓް ކޮމިޝަނާއި، އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގައި މަސައްކަތް ކުރައްވާފަ އެވެ.އޭނާގެ އިތުރުން އެ އޮފީހުގައި ދެން ތިއްބަވަނީ އޮމްބަޑްސްޕާސަން އަދި ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ޖިހާދާ އަނީސް އަދި ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފެވެ.އިންތިގާލީ އިންސާފުގެ އޮފީހަކީ ޖެނުއަރީ، 1953 އިން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށުމާ ހަމައަށް ހިނގާފައިވާ މައްސަލަތައް ބެލުމުގެ ބާރު އޮންނަ އޮފީހެވެ.މިދިޔަ އަހަރު ތަސްދީގު ކުރި އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނާގޮތުން ނަމަ، އެ ގާނޫނުގެ ދަށުން ވުޖޫދުވި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލައި، ތަހުގީގުކޮށް ނިންމަން ދީފައި އޮންނަނީ ދެ އަހަރު ދުވަހުގެ މުހުލަތެކެވެ.އެ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވާއިރު، މިހާތަނަށް އެ އޮފީހުން އެއްވެސް މައްސަލައެއް ބަލައި ނިމިފައެއް ނުވެ އެވެ.