18 މަސްދުވަހުގެ ތެރޭގައި އިންތިގާލީ އިންސާފުގެ މައްސަލަތައް ނިންމަން ޖޭހެނެ ކަމަށް ކަނޑައަޅައިފި
އަލީ ރާޒީ
02 ޑިސެމްބަރ 2021 - 15:20
0 comments
އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ ބަދަލު ނަގައިދިނުމާ ގުޅޭ މައްސަލަތައް ކޯޓަށް ހުށަހެޅުމުން ގިނަ ވެގެން 18 މަސް ދުވަހުގެ ތެރޭގައި އެ މައްސަލަތައް ނިންމަން ޖެހޭ ގޮތަށް ގަވައިދު އެކުލަވާލައިފި އެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގައި ކޯޓުތަކުން އަމަލުކުރާނެ އިޖުރާއަތުތަކާއި ބަދަލު ނަގައިދޭނެ އަދަދު ތަކުގެ މިންގަނޑުތަކުގެ ގަވާއިދުތައް ވަނީ އާއްމުކޮށްފައެވެ. އެ ގަވައިދުގައި ބުނެފައިވާ ގޮތުން ބަދަލު ނަގައިދެވޭނީ ތިން ބާވަތްތަކުގެ އަނިޔާތަކަށެވެ.އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގައި ކޯޓުތަކުން އަމަލުކުރާނެ އިޖުރާއަތު ތަކާއި ބަދަލު ނަގައިދޭނެ އަދަދު ތަކުގެ މިންގަނޑުތަކުގެ ގަވާއިދުގައި ބުނެފައި ވަނީ، އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލައެއްގައި، ނުވަތަ އެ އޮފީހުގެ އަމިއްލަ އިސްނެގުމެއްގައި ބަދަލު ހޯދުމަށް ދައުވާކުރަންވާނީ ކޮން ފަރާތަކަށް ކަން ކަނޑައަޅާނީ އޮމްބަޑްސްޕާސަންގެ އޮފީހުން ކަމަށެވެ.ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާނީ، އެކަމުގެ އިހުތިސޯސް ލިބިދީފައިވާ ކޯޓަކަށް ކަމަށާއި، އެ މައްސަލަ ކޯޓަށް ހުށަހަޅާނީ، ބަދަލު ހޯދުމަށް އެދި ކޯޓަށް ހުށަހަޅަން ވާނީ، އޮމްބަޑްސްޕާސަންގެ އޮފީހުން ނިންމައިފައިވާ ނިންމުމަކާ އެކުގައި ކަމަށްވެސް ބުނެފައިވެއެވެ.ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ކިބައިން ބަދަލު ނަގައިދިނުމަށް އެދި ހުށަހެޅޭނީ، ބަންޑާރަ ނައިބަށް ކަމަށާއި، އޮމްބަޑްސްޕާސަންގެ އޮފީހުން ގޮތެއް ނިންމާތާ ތިން މަސްދުވަހުގެ ތެރޭގައި، އެ މައްސަލައަކާ ގުޅިގެން ދައުވާކުރުމަށް ކޯޓަށް ހުށަހަޅަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.މިދިޔަ އަހަރު ޑިސެމްބަރުގައި އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހުގެ މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުމެވެ.
އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ އިންތިގާލީ އިންސާފުގެ އޮފީހެއް އުފެއްދުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ.