ޚަބަރު
މަންދު ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކު ހުޅުވާލައިފި
މަންދު ކޮލެޖުން ސެޕްޓެމްބަރުގައި ފެށޭ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު މި މަހުގެ އެއް ވަނަ ދުވަހު ހުޅުވާލައިފިއެވެ.

މި ފަހަރުގެ އިންޓޭކްގައި ޖުމުލަ 37 ކޯހަށް، ސެޓިފިކެޓް ލެވެލް 3 އިން މާސްޓާސް އަށް ވަނީ ހުޅުވާލެވިފައެވެ   

މަންދު ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކްއަށް ހުޅުވާލި ފުރުސަތުތަކަކީ، 

  •  ބިޒިނަސް އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓު
  •  ޓުއަރިޒަމް އެންޑު ހޮސްޕިޓަލިޓީ
  •  ޓީޗިން – ޕްރައިމަރީ، މިޑްލް ސްކޫލު އަދި ސެކަންޑަރީ
  •  އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ކޮމްޕިޔުޓަރ ސައިންސް
  •  ފަބްލިކް އެޑްމިނިސްޓްރޭޝަން
  •  ސްޕެޝިއަލް ނީޑްސް އެޑިޔުކޭޝަން
  •  ހިއުމަން ރިސޯސަސް
  •  އެކައުންޓިންގް އެންޑް ފައިނޭންސް
  •  އެޑިޔުކޭޝަނަލް ލައިބްރޭރިއަންޝިޕް
ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގުރާމުގެ ދަށުން މަންދު ކޮލެޖުގެ ޑިގްރީ ޕްރޮގްރާމްތަކަށް އެޕްލައިކޮށް ކިޔެވުން ކުރިއަށް ގެންދެވޭނެ ކަމަށް މަންދު ކޮލެޖުން ބުނެފައިވެއެވެ. މަންދު ކޮލެޖުގައި ހިންގާ ހުރިހާ ޕްރޮގްރާމް ތަކަކީވެސް އެމް.ކިއު.އޭ ގަބޫލުކުރާ ކޯސްތަކަށް ވާއިރު މި ކޯސްތަކަށް އެޕްލައިކުރެވޭނީ ކޮލެޖުގެ ވެބުސައިޓް https://www.mandhucollege.edu.mv/ މެދުވެރިކޮށެވެ. އަދި ސެޕްޓެމްބަރު އިންޓޭކް އާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9750055 ނަންބަރަށް ގުޅުއްވުމަށް ކޮލެޖުން އިރުޝާދު ދެއެވެ.

މަންދު ކޮލެޖަކީ މެދުކެނޑުމެއް ނެތި، 20 އަހަރު، ކަނޑުހުރަސްކޮށް "ތަޢުލީމު ސީދާ ރަށަށް"، ރާއްޖޭގެ ފުރަތަމަ އަމިއްލަ ވާޗުއަލް ކެމްޕަހެއް ބޭނުންކޮށްގެން ކާމިޔާބުކަމާއެކު ތައުލީމު ފޯރުކޮށްދެމުން އަންނަ ހަމައެކަނި ކޮލެޖެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު