
ދިޔާނާ މިކަން ހާމަކުރެއްވީ 2023 ވަނަ އަހަރު ރާއްޖޭގެ ރައީސް ކަމަށް ނިކުންނެވުމުގެ ޝައުގުވެރިކަން ޕްރޮފެސަރު ހަސަން އުގެއިލް ފާޅުކުރެއްވުމުން ފުރަތަމަ ރާއްޖެއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދެއްވުމަށް އެދިވަޑައިގެން ދިޔާނާ ކުރެއްވި ޓްވީޓަކަށް އާންމު ފަރާތަކުން ދެއްވި ރައްދެއްގައެވެ.އެގޮތުން އެ ޓްވީޓުގައި އެ ފަރާތުން ވަނީ ރާއްޖޭގައި އުޅޭ ސިޔާސީ މީހުންނާއި ވިޔަފާރީ ވެރިންގެ ތެރެއިން އެންމެ ބޮއިގެން، މަސްތުގެ ހާލަތުގައި ހުންނަ މީހާގެ އަނބިމީހާ ގެ ވިސްނުން ހުރީ އުގެއިލާއި ދެކޮޮޅަށް ކަމަށެވެ. އަދި ލަނޑަޔާ ވާނީ ލަނޑަޔާ އަށްކަން އެންމެނަށްވެސް އެނގޭ ކަމަށްވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ.އެ ޓްވީޓަށް ރައްދު ދެއްވައި ދިޔާނާ ވިދާޅުވީ އޭނާއަށް އެބަސް ރައްދުނުކުރެވޭނެ ކަމަށާއި، އޭނާއަކީ އެއްވެސް މީހެއްގެ އަންބެއް ނޫން ކަމަށެވެ."ތިޔަބަސް އަޅުގަނޑަށް ރައްދުނުކުރެވޭނެ. އަޅުގަނޑަކީ އެއްވެސް މީހެއްގެ އަންބެއް ނޫން" ދިޔާނާ ވިދާޅުވިއެވެ.މި ޓްވީޓާއެކު ޖާބިރު ދިޔާނާ ވަރިކުރެއްވިކަން ހާމަވެފައިވާއިރު މިކަމާ ގުޅިގެން ދިޔާނާ އާއި ޖާބިރުގެ ބަހެއް އަދި ލިބިފައެއްނުވެއެވެ.މީގެ 15 ވަރަކަށް އަހަރު ކުރިން ކުރެއްވި ކައިވެނި ނިމުމަކަށް ގެނައި އިރު އެ ކައިވެންޏަށް ދެ ބޭފުޅުން ލިބިވަޑައިގެންފައި ވެ އެވެ.