ޚަބަރު
ދާއިރާގެ ތިން މަޝްރޫއުއަކާއި ގުޅިގެން ތިން ވަޒީރަކަށް ސުވާލު ކުރުމަށް ޝިޔާމް ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު ނައިފަރު ދާއިރާގެ ތިން މަޝްރޫއަކާ ގުޅިގެން ތިން ވަޒީރަކު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް އެ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ހުށައަޅުއްވައިފި އެވެ.

އެގޮތުން ޝިޔާމް ވަނީ ނައިފަރުގެ ފެނާ ނަރުދަމާގެ މަސައްކަތް ވަރަށްބޮޑަށް ލަސްވެ ނައިފަރުގެ މަގުތަކުގެ މަސައްކަތް ބަޖެޓުކުރެވިފައި ވީނަމަވެސް އެއްވެސް ސިފައެއްގައި ކުރިޔަށްނުދާތީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައެވެ.

އަދި ހަމައެއާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނައިފަރުގެ މަސްވެެރިންނަށް ވެވަޑައިގެންފައިވާ އައިސްޕުލާންޓެެް ގާއިމް ކޮށްދެއްވާނެ ކަމުގެ ވައުދުފުޅު އެއްވެސް ސިފައެއްގައި ހާސިލްވަމުން ނުދާތީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދާއި ވެސް ސުވާލު ކުރެއްވުމަށް ވަނީ ހުށަހަޅައިފައެވެ.

މީގެއިތުރުން ނައިފަރުގައި ޒުވާނުންގެ މަރުކަޒެއް ގާއިމް ކޮށްދެއްވާނެ ކަމުގެ ވައުދު ރައީސް ސޯލިހު ވެވަޑައިގެންފައިވީ ނަމަވެސް އެކަމުގެ އެއްވެސް މަސައްކަތެއް އެއްވެސް ސިފައެއްގައި ކުރިޔަށް ނުދާތީ ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފް މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެއްވުމަށް ވެސް ވަނީ ޝިޔާމް ވަނީ ހުށަހަޅައިފައެވެ.

އެ މަސައްކަތް ކުރިއަށްނުދަނީ ކީއްވެތޯއާއި މި މަޝްރޫޢުގެ މަސައްކަތް ފަށާނެ ތާރީޚާ މެދުގައިވެސް ޝިޔާމުވަނީ ސުވާލުކުރައްވާފައެވެ.

ދާއިރާގެ މައްސަލަތައް ހައްލު ކުރެއްވުމަށް މަޖިލީހުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ މެންބަރު ޝިޔާމް ވަނީ މި މަސައްކަތްތައް ކުރިއަށް ނުދާތީ މީގެ ކުރީންވެސް މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ބޮޑު އާބާދީއެއް އޮތް ނައިފަރަކީ މަސްވެރި ރަށެކެވެ. އަދި މަގުތަކުގެ ހާލަތު ގޯސްވެފައިވާތީ ފެނާއި ނަރުދަމާގެ ހިދުމަތް ވަރަށް މުހިންމު ވެފައިވާ ރަށެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު