ދުނިޔެ
ލަންކާގައި މޫނު ބުރުގާ އެޅުން މަނާކޮށްފި
މިއަދު އިން އިން ފެށިގެން އަވަށްޓެރި ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާ ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ. މިމަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި އިސްލާމީ ހަރުކަށި ޖަމާއަތަކުން ދިން ބޮމުގެ ހަމަލާތަކުގައި ކްރިސްޓިއަނުންގެ ފައްޅިތަކެއްގެ އިތުރުން މަތީފަންތީގެ ހޮޓާތަކަކަށް ދިން އެ ހަމަލާތަކުގައި މިހާތަނަށް 250 އަށް ވުރެ ގިނަ މީހުން މަރުވެ 500 އެއްހާ މީހުން ވަނީ ޒަހަމްވެފަ އެވެ. އެ ހަމަލާގެ ފަހަތުގައި ތިބި އިތުރު މީހުން ހޯދުމުގެ އޮޕަރޭޝަންތައް ކުރިއަށްދާއިރު، ގައުމީ ސަލާމާތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބުނެ މޫނު ބުރުގާ އެޅައިގެން އުޅުންވެސް މިއަދުން ފެށިގެން މަނާވާނެ އެވެ. "ރައީސް މައިތިރިޕާލަ ސިރިސޭނަ މިގޮތަށް ނިންމާފައިވަނީ، އެ ހަމަލާތަކުގެ ތުހުމަތުކުރެވޭ މީހުން ހޯދުމަށް ސަލަމާތީ ބާރުތަކުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން،" ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ލަންކާގައި މޫނު ބުރުގާ އެޅުން މަނާ ކޮށްފައިވާ އިރު، އިއްޔެ ބޮޑުވަޒީރުގެ އޮފީހުން ވަނީ، ޖަސްޓިސް މިނިސްޓަރަށް މޫނު ބުރުގާ އެޅުން މަނާ ކުރާ ގާނޫނުނެއް ޑްރާފްޓްކުރުމަށް ލަފާ ދީފަ އެވެ. ބޮޑުވަޒީރުގެ އޮފީހުން މިގޮތަށް ނިންމީ އެ ގައުމުގެ މައި އިސްލާމީ ޖަމްއިއްޔާ ކަމައްވާ، "އޯލް ސިިލޯން ޖަމިއްޔަތުލް އުލަމާ" (އޭސީޖޭޔޫ) އާ މަޝްވަރާކުރުމަށް ފަހު އެވެ. ލަންކާގައި ދެ މިލިއަނެއްހާ މުސްލިމުން ދިރިއުޅޭ އިރު، މުސްލިމުންގެ ތެރެއިން މޫނު ބުރުގާ އަޅަނީ މަދު މުސްލިމުންތަކެކެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު