
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވުރެ ބޮޑު އަނިޔާވެރިއެއް އަދި ވަގެއް ވެސް މިހާތަނަށް ފެނިފައިނުވާ ކަމަށާއި އޭރު އިންސާފުގެ ވާހަކަ ޕީޕީއެމްއިން ނުދައްކާ ކަމަށެވެ."އާދެ އަޅުގަނޑު ނުދެކެން ހަމަ ގައިމުވެސް ރައީސް ޔާމީނަށް ވުރެ ބޮޑު އަނިޔާވެރިއެއް. ބޮޑު ވަގެެއް މި ދިވެހިރާއްޖޭގެ ވެރިކަމެއްގަ. އެއްވެސް އިރަކު ވެރިކަމެއް ނުކުރޭ،" ކޯފާ އިސްކުރައްވާ ގާސިމް ވިދާޅުވިއެވެ.ގާސިމް މިއަދު އިތުރަށް ވިދާޅުވީ ފާނޑިޔާރުންނަކީ އެއްވެސް ފަރާތައްގެ ބިރު ނުފޫޒަކަށް ބޯލަނބަން ނުޖެހޭ ބައެއްކަމަށް ގާނޫނު އަސާސީގައި ވެސް ސަރީހަކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި ނިމިގެން ދިޔަ ސަރުކާރުގައި ގާސިމްއަށް ނުހައްގުން ހުކުމްކުރީ ކުރީގެ ސަރުކާރުގެ ނުފޫޒުން ކަމަށް ދޭހަވާ ގޮތަށް ކަމަށް ވިދާޅުވެ އެއިރު އިދިކޮޅުން އެކަމާ ކަންބޮޑުވުން ފާޅުނުކުރުން ގާސިމް ފާޑުވިދާޅުވި އެވެ.