
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޝާހިދު، ރާއްޖެ ވަޑައިގަތުމަށް ވަނީ ދައުވަތު ދެއްވާފަ އެވެ. އެ ދައުވަތަށް ޝާހިދު މިއަދު ރާއްޖެ ވަޑައިގެންނެވީ ހެނދުނުގެ ވަގުތެއްގަ އެވެ. އެއާޕޯޓުން ޝާހިދަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި އެމަނިކުފާނު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަނުގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓަމުން ދިޔުމަކީ ރާއްޖެ އދ.ގައި ބައިވެރިވުމަށްފަހު ފާއިތުވި މާޒީގައި ޚާރިޖީ ދާއިރާއިން ރާއްޖެއަށް ލިބުނު އެންމެބޮޑު ކުރިއެރުމެކެވެ.