ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިންޑިއާ ސިފައިން ބާލަން ހުރަސް އަޅާ އެންމެން ފެއިލް ވާނެ: އުމަރު
އިސާއު އަހުމަދު
19 ޑިސެމްބަރ 2021 - 23:18
0
comments
Tweet
Telegram
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ދެކޮޅުހައްދަވާ ހުރިހާ ލީޑަރުންވެސް ފެއިލްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ހަރަކާތެއް ނޫން ކަމަށާއި އެކަމުގައި އެއްވެސް މީހަކު ބައިވެރި ނުވާން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލި ގޮވާލުމަށް އިޝާރާތް ކުރައްވައެވެ.
މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވަނީ ޕީޕީއެމް ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް އޭނާއާއި އެމްއެންޕީގެ އިސް ބޭފުޅުން ވެސް ފާޑުވިދާޅުވިއެވެ.
އިންޑިއާ އައުޓް ކެމްޕޭނަކީ ގައުމީ ހަރަކާތެއް ނޫން: އެމްއެންޕީ
މި ވާހަކަތަކާއި ގުޅިގެން އުމަރު ފޭސްބުކުގައި ހިއްސާ ކުރި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭން އިންޑިޔާ ސިފައިން ބާލާނެ ކަމަށާއި އެކަމަށް ހުރަސް އަޅާ އެންމެން ފެއިލްވާނެ ކަމަށެވެ. އުމަރު ވިދާޅުވީ، ދިވެހިން އަޅުވެތި ކަމާ ދެކޮޅު ހަދާނެ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ، ދިވެހިރާއްޖޭން އިންޑިއާ ސިފައިން ބާލާނަން. އެކަމަށް ހުރަސް އަޅާ އެންމެން ފެއިލްވާނެ. ދިވެހިން އަޅުވެތި ކަމާ ދެކޮޅު." އުމަރު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
އިންޑިޔާ އައުޓް ކެމްޕެއިން ކުރަމުން އަންނަ ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަނީ "އިންޑިޔާ އައުޓް" ލިޔެފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން އެކި ރަށްރަށަށް ވަޑައިގެން އިންޑިޔާ ސިފައިން ތިބުމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.
އެމަނިކުފާނު ވެސް ވަނީ އެއީ އިންޑިޔާއާ ދެކޮޅު ކެމްޕެއިނެއް ނޫން ކަމަށާއި ނަމަވެސް ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިން ބޭލުވުމަށް ހިންގާ ކެމްޕެއިނެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ކެމްޕެއިނުގައި އެހެން ސިޔާސީ ފަރާތްތަކުން ބައިވެރި ނުވާތީ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އިދިކޮޅުން މިގޮތަށް ބުނި ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި މި ކެމްޕޭނަކީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އޮންނަ ގާތް ގުޅުމާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރައި ސަރުކާރުގެ އަގުވައްޓާލަން ކުރާ މަސައްކަތެކެވެ. މިއީ ރާއްޖެއާ އެ ގައުމާ ދެމެދު އޮތް ޒަމާންވީ ގުޅުން ހީނަރުކޮށް، ބަދުނާމުކުރުމަށް މަދު ބަޔަކު އަޑީގައި ތިބިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ވެސް ސަރުކާރުން ބުނެ އެވެ. އަދި ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިންޑިއާ ކަނޑުގައި މަސްބޯޓުތަކަށް ވުރެ ޑްރަގް ބޯޓުތައް ގިނަވާން ދޫކޮށްނުލެވޭނެ ކަމަށް ވިދާޅުވެ "އިންޑިއާ އައުޓް" ކެމްޕޭނަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުން އަޑީގައި ތިބި ކެމްޕެއިނެއް ކަމަށް ނުސީދާކޮށް ތުހުމަތުކުރައްވައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
19 ދުވަސް ކުރިން
0
އިންޑިއާއިން ރާއްޖެ އެތެރެކުރާ ޒަރޫރީ ތަކެތީގެ ކޯޓާ އިތުރުކޮށްދީފި
1 މަސް ކުރިން
0
ހަލީލް އާއި ޖައިންޝަންކަރު ބައްދަލު ކުރައްވައިފި
1 މަސް ކުރިން
0
ރައިސިނާ ޑައިލޮގުގައި ބައިވެރިވާން މިނިސްޓަރު ހަލީލު އިންޑިއާއަށް
2 މަސް ކުރިން
0
އާ ސަފީރު އިންޑިއާގެ ރައީސަށް ފަތްކޮޅު އަރުވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އިންތިހާބު އެއްބުރަށް ހެދުމަކީ ފައިދާ ވާނެ ގޮތެއް ނޫން: ފައިސަލް
7 މިނެޓް ކުރިން
0
ރިޔާސީ އިންތިހާބުގެ އެއްބުރު ބާއްވަން ފައްޔާޒު ދެކޮޅު
14 މިނެޓް ކުރިން
0
ވަކާލާތު މިކުރަނީ ޕްރެފަރަންޝަލް ނިޒާމަކުން ވެރިއަކު ހޮވަން: ރައީސް
23 މިނެޓް ކުރިން
0
މެންބަރެއްގެ ދައުރު ހަމަވާތީ ބްރޯޑްކޮމްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
19 ގަޑިއިރު ކުރިން
0