ޚަބަރު
ސުނާމީ ކާރިސާއާއި ގުޅިގެން ދެއްކި އެކުވެރިކަން ދިވެހިންގެ ހިތްތަކުގައި ވަނީ ބިންވަޅުނެގިފައި: ރައީސް
މީގެ 17 އަހަރު ކުރިން ޑިސެމްބަރު 26، 2004 ގައި ރާއްޖޭގެ ބޮޑު ބަޔަކަށް އެރި ސުނާމީ ކާރިސާގައި ދިވެހިންގެ 82 މީހުން މަރުވެ 26 މީހުން ވަނީ ގެއްލިފައެވެ. އެ ސުނާމީގައި ދުނިޔޭގެ އެކިކަންކޮޅުތަކުން 230،000 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އެންމެ ގިނައިން މަރުވީ ސުނާމީ އެންމެ ފުރަތަމަ އެރި އިންޑޮނީޝިއާއިންނެވެ.

ސުނާމީ ކާރިސާގައި ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު މަރުވީ ތ. ވިލުފުށިންނެވެ. އެ ރަށުން 18 މީހަކު މަރުވިއެވެ. އެ ކާރިސާގައި ބައެއް ރަށްތައް ދިރިނޫޅެވޭ ވަރަށް ސުންނާފަތިވިއެވެ. އަދި ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އަލުން އާރާސްތުކުރަން ޖެހޭ ހާލަތަށް ދިޔައެވެ.

އެ ދުވަހު ދިވެހިން ދެއްކި އެއްބައިވަންތަކަމާ ގުޅިގެން ކޮންމެ އަހަރެއްގެ 26 ޑިސެމްބަރަކީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ވަނީ ނިންމައިފައެވެ.

އިންޑޮނީޝިއާގެ ސުމަޓްރާއަށް އައި ވަރުގަދަ ބިންހެލުމާއެކު އުފެދުނު ސުނާމީގައި 82 މީހުން މަރުވުމުގެ އިތުރުން 26 މީހަކު ވަނީ ގެއްލިފަ އެވެ. އެހެންކަމުން ސުނާމީގައި ގެއްލުނު ފުރާނައިގެ އަދަދު 106 އަރަ އެވެ.

އެ ސުނާމީގައި ޖުމްލަ 230،000 އަށްވުރެ ގިނަ މީހުން މަރުވި އެވެ. އެންމެ ގިނައިން މަރުވީ ސުނާމީ އެންމެ ފުރަތަމަ އެރި އިންޑޮނީޝިއާގެ ބަންޑާ އަޗޭއިންނެވެ. އެ ރަށުން 100،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. ސްރީ ލަންކާއިން 35،000 މީހުން މަރުވި އެވެ.

އެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ޓުވީޓެއް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ސުނާމީ ކާރިސާއާއި ގުޅިގެން ދިވެހި ރައްޔިތުން ދެއްކި އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ މަތިވެރި ނަމޫނާ ދިވެހިންގެ ހިތްތަކުގައި ވަނީ ބިންވަޅު ނެގިފައިކަމަށެވެ. 

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިރޭ ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. މި ޖަލްސާގައިވެސް، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވުން އޮންނާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު