ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ބޮޑު ޖަމާއަތުގައި ފަތިސް ނަމާދު ކުރަނީ
އައިމިނަތު ޝިޔާޒާ
26 ޑިސެމްބަރ 2023 - 00:28
0
comments
Tweet
Telegram
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތު ގައި ކުރިއަށް ގެންދާ ހަރަކާތްތައް މިރޭގެ ފަތިސް ނަމާދުގެ ޖަމާއަތުން ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް މިއަދު ފޮނުވާފައިވާ ސާކިއުލާއެއްގައި ވަނީ މިރޭ ފަތިސް ނަމާދު ޖަމާއަތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އެދިފަ އެވެ.
ސާކިއުލާގައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައިވެސް ކޮންމެވެސް އެއް މިސްކިތެއްގައި ބޮޑު ޖަމާއަތުގައި ފަތިސްނަމާދު ކުރުމަށް އެދިފަ އެވެ. އެގޮތުން މާލޭގައި ސަލްމާން މިސްކިތުގައި، ހުޅުމާލޭގައި މަސްޖިދުލް އަލްސާނީ މިސްކިތުގައި އަދި ވިލިމާލޭގައި މަސްޖިދުލް ބިއްރުގައި ބޮޑު ޖަމާއަތުގައި ފަތިސް ނަމާދުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ފަތިސް ނަމާދުގެ އިތުރުން ސުނާމީގައި މަރުވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި، ރާޅު އެރި ކަމަށް ރެކޯޑް ކުރެވިފައިވާ ގަޑި، ހެނދުނު 9:23ގައި ހަމަހިމޭން ކަމުގެ ސްކޫތެއް ގެނައުމަށް ވެސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެ ސުކޫތުގެ ކައުންޓްޑައުން މަގުތަކުގައި ހުންނަ ޓީވީތަކާއި، ރޭޑިއޯ އާއި ޓީވީ މެދުވެރިކޮށް ގެނެސްދޭނެ އެވެ.
ސުނާމީ ކާރިސާއަށް 19 އަހަރު ފުރޭއިރު އެ ހާދިސާގައި ރާއްޖެއިން 82 މީހަކު މަރުވެ، 26 މީހަކު ވަނީ ގެއްލިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
ސުނާމީ ކާރިސާގައި މަރުވި މީހުންގެ ހަނދާނުގައި ސުކޫތެއް
1 އަހަރު ކުރިން
0
ސުނާމީ ކާރިސާގެ ހަނދާން އާކުރަން ސުކޫތެއް ގެނެސްފި
3 އަހަރު ކުރިން
0
ސުނާމީ ކާރިސާއާއި ގުޅިގެން ދެއްކި އެކުވެރިކަން ދިވެހިންގެ ހިތްތަކުގައި ވަނީ ބިންވަޅުނެގިފައި: ރައީސް
4 އަހަރު ކުރިން
0
އުފަލާއި ހިތާމައިގައި ވެސް ދިވެހިން އިސްކުރާނީ ދީން: އިމްރާން
ކިޔުންތެރިންގެ ޝުއޫރު
58%
17%
8%
17%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވުން
1 ގަޑިއިރު ކުރިން
0
ފުލުސް ކާރުން ޖެހި އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ
1 ގަޑިއިރު ކުރިން
0
މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
1 ގަޑިއިރު ކުރިން
0
މޫކޭ އާއި ޔާސިރުގެ އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ގެންގޮސްފި
1 ގަޑިއިރު ކުރިން
0