ޚަބަރު
ސުނާމީ ކާރިސާގެ ހަނދާން އާކުރަން ސުކޫތެއް ގެނެސްފި
އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން ސުކޫތުގައި ބައިވެރިވަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި ސަރުކާރު އޮފީސްތަކުގެ ކުރިމަތީގައި އެ އިދާރާތަކުގެ މުވައްޒަފުން ސްކޫތެއް ގެނެސްފި އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ހަރަކާތްތައް މިއަދު ފެށީ ސަރުކާރު މުވައްޒަފުން ބޮޑު ޖަމާއަތުގައި ފަތިސްނަމާދު ކުރުމަށްފަހު އެވެ.

އެއަށްފަހު ހެނދުނު 09:23 ގައި ސުކޫތެއްވަނީ ބާއްވައިފަ އެވެ.

މި ސުކޫތަށް އޮފީސްތަކުގެ މުވައްޒަފުންވަނީ މަގުމައްޗަށް ނިކުމެ، ސަފު ހަދައިފައެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ދިވެހިންނަކީ އެއް އާއިލާއެއް ކަމަށާއި ދިވެހިންގެ އެއްބައިވަންތަކަން ބީވިޔަ ދީގެން ނުވާނެ ކަމަށެވެ.

ދިވެހިންގެ ތާރީހާއި ސަގާފަތް ހިފެހެއްޓުމަށްޓަކައި އަބަދުވެސް އެއްބައެއްގެ ގޮތުގައި ދިވެހިން ތިބުން މުހިއްމު ކަމުގައިވެސް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި އެވެ.

"ދިވެހީން، ދިވެހީންގެ ގޮތުގައި ދެމިތިބުމުގެ ރޫހެއް ގެންނަމާ ހިނގާށޭ. ސުނާމީ އަޅުގަނޑުމެންނަށް ބުނެދެނީ މި ވާހަކައޭ. އަޅުގަނޑުމެން އެއްބައި ކުރަނީ ހަމައެކަނި ފަސްގަނޑެއް ނޫނޭ،" މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު