
އެ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.އެމްޑީޕީގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ މުހައްމަދު ރާޝިދު މިއަދު ވަނީ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފަ އެވެ.އިލެކްޝަނަށް ފޯމް ހުށަހެޅުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ބައި އިލެކްޝަންގައި އެމްޑީޕީގެ ވަރުގަދަ ކެމްޕޭން ކުރާނެ ކަމަށެވެ. އަދި ބޮޑު ތަނުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.