
އެޗްޕީއޭއިން މިއަދު ބުނީ އެފްއޭއެމް ހައުސްގައި ހިންގަމުން އައި ފްލޫ ކްލިނިކުން ވެސް މިހާރު ޕީސީއާރް ޓެސްޓު ހެދޭނެ ކަމަށެވެ. މި ސެންޓަރު ވަނީ މިއަދު މެންދުރުފަހު 02:00 ގައި ހުޅުވައިފައެވެ. ކޮންމެ ދުވަހަކު ވެސް އިރުއޮއްސި ހަޔަކާ ހަމައަށް މި ސެންޓަރުން ސާމްޕަލް ނެގޭނެއެވެ.މީގެ އިތުރުން ސޯޝަލް ސެންޓަރުގައި ހިންގަމުން އައި ސާމްޕަލް ސެންޓަރު ވަނީ ތާޖުއްދީން ސުކޫލަށް ބަދަލުކޮށްފައެވެ.އެފްއޭއެމް ބިލްޑިންއާއި ތާޖުއްދީން ސުކޫލުގެ އިތުރުން ސެނަހިޔާ އާއި ވިލިމާލެ ހޮސްޕިޓަލުން ވެސް ޕީސީއާރު ޓެސްޓު ހެދުމަށް ސާމްޕަލް ނެގޭނެއެވެ.މީގެ އިތުރުން ވިލިމާލެ އިން ވެސް ކޮންމެ ދުވަހަު ހަވީރު 4:00 އިން އިރުއޮއްސި 6:30 ގައި ޓެސްޓް ކުރެވޭނެ އެވެ.