
ދިގުރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) އިން އެރަށަށް ފޮނުވި ޖަނަރޭޓަރު ސެޓު ކޮމިޝަން ކުރުމަށްފަހު ބޭނުން ކުރަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.އެ ޖަނަރޭޓަރު ރަސްމީކޮށް ބޭނުންކުރަން ފެށުމުން ފުރަތަމަ ފަހަރަށް ލޯޑު ދެއްވީ ދިގުރަށު ކައުންސިލުގެ ނައިބު ރައީސް އިބްރާހީމް އަބްދުއްރަހީމެވެ.