ޚަބަރު
ކޮމަންޑޫއަށް އެމްބިއުލާންސް ފޮނުވައިފި
އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެވިފައިވާ  އެމްބިއުލެންސް  ގެ  ތެރެއިން  ށ.ކޮމަންޑޫ  އަށް  ފޮނުވާ  އެމްބިލެންސް ރޭގައި އެ ރަށަށް ފޮނުވާލައިފިއެވެެ.

ހެލްތް މިނިސްޓްރީން ބުނީ، އަތޮޅުތެރޭގައި ބޭނުންކުރުމަށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ގެނެސްފައިވާ އެމްބިއުލެންސް ގެ ތެރެއިން ށ.ކޮމަންޑޫ އަށް ފޮނުވާ އެމްބިއުލެންސް ވަނީ ރޭ ފޮނުވާލާފައިވާކަމަށެވެ.

މި އެމްބިއުލެންސަކީ އަތޮޅުތެރެއަށް ފޮނުވުމަށް އެސްޓީއޯ މެދުވެރިކޮށް ގެންނަ 90 އެމްބިއުލެންސްގެ ތެރެއިން އެމްބިއުލެންސެކެވެ. މި 90 އެމްބިއުލެންސްގެ ތެރެއިން 60 އެމްބިއުލެންސް މިހާތަނަށް ވަނީ ގެނެސްފައެވެ. މި އެމްބިއުލެންސް ތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަނީވެސް އެސްޓީއޯ މެދުވެރިކޮށެވެ.


އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލާންސް ގެނައުމަށްޓަކައި މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު މިނިސްޓްރީ އޮފް ހެލްތުން ވަނީ މިނިސްޓްރީ އޮފް ފިނޭންސާއި، އެސްޓީއޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސެއް ގެނައުމަށް ވަނީ ނިންމާފައެވެ. މި އެމްބިއުލާންސްތައް 180 ދުވަސްތެރޭގައި މިނިސްޓްރީއާ ހަވާލުކުރަންޖެހެއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިއުލާނު ކުރި ފަހުން ސަރުކާރުން އަންނަނީ އެ ދާއިރާއަށް ގިނަ ކަންތައްތަކެއް ކޮށްދެމުންނެވެ. ނަމަވެސް އެކަންކަމަކީ ބައި އިލެކްޝަނާ ގުޅިގެން ކުރާ ކަންކަން ނޫން ކަމަށް ސަރުކާރުން އަންނަނީ ވިދާޅުވަމުންނެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު