ވިޔަފާރި
އެސްޓީއޯއިން އަގުހެޔޮކޮށް އިނގުރާއި ލޮނުމެދު ވިއްކަން ފަށައިފި
އެސްޓީއޯއިން ތާޒާ ލޮނުމެދާއި އިނގުރު އަގުހެޔޮކޮށް ވިއްކަން ފަށައިފި އެވެ.


އެސްޓީއޯ އިން ބުނި ގޮތުގައި އިނގުރު ބަސްތާއެއް މިހާރު 273 ރުފިޔާއަށް ލިބޭނެ އެވެ. އަދި ފަސް ބަސްތާ ގަންނަ ނަމަ ބަސްތާއެއް 263 ރުފިޔާއަށް ލިބޭނެ ކަމަށެވެ.

ލޮނުމެދު ބަސްތާއެއް 302 ރުފިޔާއަށް ވިއްކަމުންދާއިރު ފަސް ބަސްތާ ގަންނަ ނަމަ ބަސްތާއެއް 292 ރުފިޔާއަށް ލިބޭނެ ކަމަށްވެސް އެސްޓީއޯ އިން ބުނެ އެވެ.

އިނގުރާއި ލޮނުމެދަކީ ރޯދަ މަހުގައި ގެތަކުގައި ވަރަށް ގިނައިން ބޭނުންކުރާ ބާވަތެކެވެ. އެހެންކަމުން އެތަކެތީގެ އަގު އުފުލިގެން ދެއެވެ. މި ފަހަރު ވެސް އިނގުރާއި ލޮނުމެދުގެ އަގު ވަނީ އުފުލިފައެވެ.

އެސްޓީއޯއިން އެތަކެތި އަގުހެޔޮކޮށް ވިއްކަން ފަށާފައިވާއިރު، ދެން ބާޒާރުގައި އެ ތަކެތީގެ އަގު ދަށްވެގެންދާނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު