ޚަބަރު
ކޮމަންޑޫ ދާއިރާގެ ވާދަވެރި އިންތިހާބުގައި ވޯޓުލާން ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓް ނަގަން ފަށައިފި އެވެ.

ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން ބާއްވާ މި ބައި-އިލެކްޝަންގައި ވޯޓު ލާން ފަށާފައި ވަނީ މިއަދު ހެނދުނު 8ގަ އެވެ. ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓުލުމަށް ހަމަޖެހިފައި ވަނީ މެންދުރުފަހު 3 އިން ހަވީރު 4 އަށެވެ.

ބައި އިލެކްޝަނުގައި އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ އިތުރުން ވާދަކުރައްވަނީ ޕީޕީއެމްގެ މޫސާ ފަތުހީ އާއި އެމްއެންޕީގެ އަބްދުލް ހަންނާނެވެ.

މިއަދު ވޯޓްލުން ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ. ވޯޓްލާން ކަނޑައަޅާފައިވާ ވަގުތުގެ ފަހު ގަޑިއިރު ހާއްސަކޮށްފައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ޕޮޒިޓިވް މީހުންނާއި ކޮންޓެކްޓް ވެގެން ކަރަންޓީން ކޮށްފައިވާ މީހުންނަށެވެ.

އެހެން ކަމުން މެންދުރު ފަހު 3:00 ޖެހުމުގެ ކުރީން ވޯޓްލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފަ އެވެ. ކޮވިޑަށް ޕޮޒިޓިވް މީހުންނަށް ހާއްސަ ވަގުތެއް ކަނޑައަޅާފައި އޮތް ނަމަވެސް ކޮވިޑަށް ޕޮޒިޓިވް ނޫން އަދި ކަރަންޓީންގައި ނެތް މީހުންނަށް ވެސް އެ ވަގުތުތަކުގައި ވޯޓް ލުމުގެ ފުރުސަތު އޮންނާނެ އެވެ. 

މި ފަހަރުގެ އިންތިހާބުގައި ތިން ރަށުން ވޯޓުލުމުގެ ހައްގު 3،309 އަށް ވުރެން ގިނަ މީހުންނަށް ލިބެ އެވެ.

ކޮމަންޑޫ: 1،406

މަރޮށި: 703

ފޯކައިދޫ: 1،201


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު