ޚަބަރު
ކޮމަންޑޫ ދާއިރާގެ މެމްބަރު ރާޝިދު މަގާމުގެ ހުވާ ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ރާޝިދު މަގާމުގެ ހުވާ ކުރައްވައިފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި އެ މަޖިލީހުގައި މިއަދު 8:30 ގައި ބޭއްވި ހަފްލާއެއްގައި ރަޝީދަށް ހުވައިލައްވައިދިނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާއި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާނު އިދުރީސްއާ ވާދަ ކުރައްވައި ކޮމަންޑޫ ދާއިރާގެ އިންތިހާބު މިދިޔަ ހޮނިހިރު ދުވަހު ރާޝިދު ކާމިޔާބު ކުރެއްވީ 1401 ވޯޓު ހޯއްދަވައިގެނެވެ. އެއީ ވޯޓުދިން މީހުންގެ ތެރެއިން 48.5 ޕަސެންޓު މީހުންގެ ވޯޓެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ރާޝިދަށް ލިބިވަޑައިގަތީ 1،441 ވޯޓެވެ.

ވާދަވެރިކަން ބޮޑު އެ އިންތިހާބުގައި ރާޝިދާ އެންމެ ކައިރިން ވާދަ ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގަތީ 1،161 ވޯޓެވެ. މި އިންތިހާބުގައި އެންމެ މަދުން ވޯޓު ލިބުނީ އެމްއެންޕީގެ ފަރާތުން ވާދަ ކުރެއްވި އަބްދުލްހާންނާން އިދުރީސް އަށެވެ. އޭނާއަށް ލިބުނީ 323 ވޯޓެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ހުސައިން ވަހީދު މިިދިޔަ ޑިސެމްބަރު މަހު އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން ވަހީދަކީ ވެސް އެމްޑީޕީގެ މެމްބަރެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު