
އެ ކޯޓުން ދޫކޮށްލަން އަމުރު ނެރެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ ރަށު މަންދޫބުގެ، ރުޝާން އަޙުމަދު ދީދީއެވެ.އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަޙުމަދު ނެރުނު ޙުކުމުގައި ވަނީ ރުޝާން ދޫކޮށްލަން ނިންމައިފައިވަނީ އޭނާގެ ބަލި ހާލަތު ހުރި ގޮތަށް ރިއާޔަތް ކޮށްފައި ކަމަށެވެ.އަމުރުގައި ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމީ، މެޖިސްޓްރޭޓު ކޯޓުގެ ޙުކުމެއް ބާތިލް ކުރުމަށް ފަހު ހައިކޯޓުން ކަމަށްވާއިރު، ހައި ކޯޓުގެ އަމުރުގެ ބާރު ކެނޑޭ ގޮތަށް ދަށުކޯޓަށް ޙުކުމެއް ކުރެވިދާނެތޯ ސުވާލު އުފައްދައިފައެވެ.މިކަމުގައި ޝަރީއަތަށް ބޮޑަށް ބުރަވެވެނީ ހައި ކޯޓުގެ އަމުރު ނިމުމަކަށް ގެނައުމުގެ ބާރު އެ ކޯޓަށް ލިބިގެންވާ ކަމަށް ކަމަށް ރަފީއުއްދީން ނެރުނު އަމުރުގައި ބުނެފައިވެއެވެ.ދަށު ކޯޓުގެ ބާރު ކެނޑޭ ގޮތަށް މެޖިސްޓްރޭޓު ނެރުނު އަމުރުގައި ވަނީ ހައިކޯޓުގެ އަމުރު ސަސްޕެންޑުކޮށް، ޝަރުތުތަކަކާއެކު ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މީހާ ދޫކޮށްލުމަށް ޙުކުމް ކޮށްފައެވެ."ރުޝާން އަޙުމަދު ދީދީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2020/HC-A/216 ގަޒިއްޔާއިން ނިންމާފައިވާ ނިންމުން، މިއަދުން ފެށިގެން 90 ދުވަހަށް ސަސްޕެންޑްކޮށް، މި މުއްދަތަށް ބޭސްފަރުވާގެ ބޭނުމަށް އޭނާ ދޫކޮށްފައި ބެހެއްޓުމަށް އަންގާ އަމުރުކޮށްފިން،" ދަށު ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެއެވެ.ބަންދުގައި ހުރި އެރަށު މަންދޫބުގެ، ރުޝާން އަހްމަދު ދީދީގެ ބަލި ހާލަތަށް ރިޔާއަތްކޮށް، އެ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުދީން އަހްމަދު ނެރުނު ހުކުމުގައި ވަނީ ހައިކޯޓުން ނެރިފައިވާ އަމުރެއް 90 ދުވަހަށް ސަސްޕެންޑްކުރުމަށްފަހު، ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލާފަ އެވެ.ނަމަވެސް ހައިކޯޓުގެ އަމުރެއް ބަދަލުކުރުމުގެ ބާރަކީ, ގާނޫނުތަކުން ދަށު ކޯޓުތަކަށް ދީފައި އޮތް ބާރެއް ނޫނެވެ. ހައިކޯޓުގެ އަމުރެއް ސަސްޕެންޑް ކުރުން، ނުވަތަ ބާތިލް ކުރުމުގެ ބާރު ލިބިގެން ވަނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ.ގާނޫނާއި ހިލާފަށް ނެރުނު މި އަމުރާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ވާނީ އެ މެޖިސްޓްރޭޓްގެ ޝަކުވާ ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ."މީހަކު ދޫކޮށްލަން ބޭނުންފުޅިއްޔާ، ރަނގަޅު ސަބަބެއް ދައްކަވާންވާނެއެވެ. މިގޮތަށް ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ޖޭއެސްސީގައި ޝަކުވާވެސް ކުރާނަމެވެ." ޝަމީމްގެ ޓްވީގައިވެ އެވެ.