ޚަބަރު
ރެހެންދި އެވޯޑް ނުވަ ފަރާތަކަށް
އަންހެނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ "ރެހެންދި އެވޯޑު" 9 ފަރާތަކަށް ދީފިއެވެ.

ރެހެންދި އެވޯޑް ދިނުމަށް ހާއްސަކޮށްގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

މި އަހަރު ރެހެންދި އެވޯޑް ލިބުނު ބޭފުޅުން

  • ނަފީސާ އަލީ -އާންމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ފިރިހެނުންނާއި އަންހެނުންގެެ އެވޯޑު ހުށަހެޅޭ ކުރިމަތިލެވޭ ދާއިރާ 
  • ފާތިމަތު ޖަބީން - އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްފައިވާ ހިދުމަތުގެ ދާއިރާ
  • އައިޝަތު އިބްރާހީމް - ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ
  • އިއްޒަތް އަހުމަދު ނިޒާރު - ފަންނުވެރިކަމާއި ސަގާފަތާއި ތަރިކައިގެ ދާއިރާ
  • ޑރ. ފާތިމަތު މުފްލިހާ - ސިއްހީ ދާއިރާ
  • ލެފްޓިނެންޓް ފިރުޝާނާ ތައުފީގް - ސިއްހީ ދާއިރާ
  • ދިމްނާ ފާކިރު - އިޖުތިމާއީ ދާއިރާ
  • ޝިމްލާ އަހްމަދު - ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ
  • އެމްޕީއެލް - ވަޒީފާދޭ ފަރާތްތައް/ މުއައްސަސާތަކުގެ ދާއިރާ
އަންހެނުން ހާއްސަކޮށް ސަރުކާރުން ދޭ ރެހެންދި އެވޯޑް، 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަނީ މުޖުތަމައު އާއި ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް އަގުހުރި ހިދުމަތްތައް ކޮށްދޭ އަންހެނުންނަށެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު