ޚަބަރު
މާރަންދޫ އާއި މޮޅަދޫ ސްކޫލްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި
ހއ. މޮޅަދޫ ސްކޫލާއި، އެއަތޮޅު މާރަންދޫ ސްކޫލުގެ ޖާގަ އިތުރުކުރުމަށް އަމިއްލަ 2 ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އަދި ކުންފުނިތަކުގެ ފަރާތުން ސޮއި ކުރެއްވީ އެ ތަންތަނުގެ ވެރިންނެވެ.

އެ މަސައްކަތް ހަވާލުކުރީ 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތަކީ 7.9 މިލިއަން ރުފިޔާ މަސައްކަތެކެވެ. މި މަސައްކަތް ކޭ އެންޑް އެފް ހޯލްޑިންގްސްއާއި ޙަވާލުކޮށްފައިވަނީ 200 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. 

ހއ.މޮޅަދޫ ސްކޫލުގެ ޖާގަ އިތުރުކުރުމަށް ޙަވާލުކޮށްފައިވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީއެވެ. ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަލީ ޝަމީޒެވެ.

މި އެއްބަސްވުމުގެ ދަށުން މޮޅަދޫ ސްކޫލުގައި 3 ކްލާސްރޫމްގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 2021 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢަށް 4.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ. މި މަޝްރޫޢު އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 118 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެ

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު