ޚަބަރު
ކުއްލިއަކަށް ހާލު ދެރަވެ މާރަންދޫ ކައުންސިލްގެ ނައިބު ރައީސް ނިޔާވެއްޖެ
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ ނާއިބު ރައީސް އަހްމަދު ރަމީޒު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

މިއަދު ހަވީރު ހއ. މާރަންދުއާއި ހދ. ނެއްލައިދޫ ޒުވާނުންގެ މެދުގައި ކުޅުނު އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއްގައި ވެސް ރަމީޒު ކުޅުނެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން މާ ބޮޑަށް ވަރުބަލިވާތީ، އޭނާ އިންނެވީ ބެންޗުގައެވެ.

އެ މެޗަށް ފަހު އޭނާ ހޮޑުލައި ހެދި ކަމަށް އެރަށުން ވާހަކ ދެއްކި މީހަކު ބުންޏެވެ. އަދި އެއަށް ފަހު ރަމީޒުގެ ހާލު ދެރަވެ، އޭނާ ރަށު ސިއްހީ މަރުޒަކަށް ގެންދިޔަ ކަމަށާއި، އިތުރު ވަރުވާއަށް ހއ. ދިއްދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިން ކަމަށް އޭނާ ބުންޏެވެ.

ރަމީޒު ނިޔާވީ ދިއްދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް މިރޭ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
50%
50%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު