ޕީޖީ އައްބާސް ވިދާޅުވީ، ޖިނާއީ ތަހުގީގުތައް މިހާރަށްވުރެ އަވަސްކޮށް ކުރިއަށްގެންދިއުމަށް އެ އޮފީހުން ވެދެއްވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދެއްވާނެ ކަމަށް ކަމަށެވެ. އަދި މައްސަލަތަކުގެ ތަގުގީގު ނިމުމަށްފަހު، ދައުވާ ކުރުން މިހާރަށް ވުރެ އަވަސްކުރުމުގެ ތަސައްވުރު ގެންގުޅުއްވާ ކަމަށް އައްބާސް ވިދާޅުވި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔާ އެވެ. އެގޮތުން އެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ 90 އިންސައްތައަށް ވުރެ ގިނަ މައްސަލަ އަކީ ފުލުހުން ތަހުގީގު ކޮށް ހުށަހަޅާ މައްސަލަތަކެވެ.