ޚަބަރު
ރައްޔިތުންގެ ވާހަކަތައް ޝައުޤުވެރިކަމާއެކު ރައީސް އަޑުއައްސަވާ: މާރަންދޫ ކައުންސިލް
ރައީސް ޑރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ ރޭ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކަރަންޓާއި، ލެބޯޓްރީ އަދި ބެންކުގެ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާކަން ހިމެނެ އެވެ. އަދި ކުޅިވަރުގެ ދާއިރާ ހަރުދަނާކުރުމަށް ބޭނުންވާ ކަންކަން ކައުންސިލްގެ ފަރާތުން ރައީސްއާ ހިއްސާކުރެއްވި އެވެ. މީގެ އިތުރުން ކައުންސިލް އިދާރާއަށް އާ އިމާރާތެއް ބޭނުންވާކަމަށާއި، މާރަންދޫފަރު، މާރަންދޫގެ އިހުތިސާސްގެ ތެރެއަށްލުމަށް ރަށުގެ އިސްރަށްވެހިން ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވި އެވެ. ހަމަ އެއާއެކު ބަނދަރުގެ މަޝްރޫޢު ބާރަށް ކުރިއަށްގެންދަން ބޭނުންވާކަމުގައިވެސް ކައުންސިލުން ދެންނެވިއެވެ.

މާރަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އެކަނބަލުންނަށް މަސައްކަތްކުރެވޭނެ މާހައުލެއް ބޭނުންވާކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި އ.ތ.މ. ކޮމިޓީތަކަށް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވި އެވެ. މީގެ އިތުރުންވެސް އ.ތ.މ. ކޮމިޓީގެ މެންބަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސްއާ ހިއްސާކުރެއްވި އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ކަންސިލުން ފާހަގަކުރެއްވި ކަންކަން ކަމާގުޅޭ މުއައްސަސާތަކާ މަޝްރަވާކުރައްވައިގެން ހައްލު ހޯދުމަށް ބައްލަވާނެކަމުގަ އެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފަ އެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު