ޚަބަރު
ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ ޔާމީންގެ އަޑުއެހުން ކެންސަލް
ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ލައިވް ކުރާ ގޮތަށް މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނިންމާލައިފައިވާއިރު މިއަދު 1:00 އަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި މައްސަލައިގެ ޝަރީއަތް ފެށުމުގެ ގޮތުން އިފްތިތާހީ ބަޔާން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 

ކަމަކު މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް އާލާސްކަންފުޅާ އުޅުއްވާތީ އަޑުއެހުން ކެންސަލް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ. 

"މައްސަލަ ބައްލަވާ ގާޒީ [އިސް ގާޒީ އަހްމަދު ޝަކީލް] އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ އަޑުއެހުން ކެންސަލް،" ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މީޑިއާތަކާ ހިއްސާ ކުރި މެސެޖްގައިވެ އެވެ.

މިއަދު ތާވަލުކުރި ޝަރީއަތަކީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރާ ދައުވާތަކުގެ ޝަރީއަތެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު