ޚަބަރު
ރައީސް ސޯލިހްގެ ޕްރެސް ކޮންފަރެންސް މިއަދު ހަވީރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނޫސްވެރިންނާއި ބައްދަލުކުރެއްވުން އޮންނާނީ މިއަދު ހަވީރު 4:00 ޖަހާއިރު ރައީސް އޮފީހުގައިކަމަށެވެ. މަބްރޫކް ވިދާޅުވީ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ޓީވީ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނެކަމަށެވެ.

މިބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ނޫސްވެރިންނާއި ބައްދަލު ކުރައްވާއިރު، ދުނިޔޭގެ އިޤްތިޞާދީ ހާލަތާއި، ރާއްޖެއިން މިކަމަށް އަޅުއްވާނެ ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާ ކުރައްވާނެކަމަށް ބެލެއެވެ. 

ރައީސް ސޯލިހް އެންމެ ފަހުން ނޫސްވެރިންނާ ރައީސް އޮފީހުގައި ބައްދަލުކުރެއްވީ 2021 އޮގަސްޓް 11 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު