ވިޔަފާރި
އުރީދޫގެ މޫލީ މެދުވެރިކޮށް ސްކޫލް ފޮތްތައް ހިލޭ ޑެލިވަރީ ކޮށްދެނީ
ނޮވެލްޓީ ބުކްޝޮޕާއެކު އުރީދޫން ބެކްޓު ސްކޫލް ޕްރޮމޯޝަން އިފްތިތާހުކުރަނީ --- ފޮޓޯ: އުރީދޫ
ކޮންމެ އަހަރެއްގެ ދިރާސީ އައު އަހަރު ފެށުމާއެކު، ސްކޫލް ފޮތްލިސްޓް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރިވަރުންނާއި ބެލެނިވެރިން ދަތުރުކޮށް ފިހާރަތަކަށް ބާރުބޮޑުވެ ކިއުގައި ޖެހެންޖެހޭ ޖެހުމަށް އުރީދޫއިން ހައްލެއް ގެނެސްދީފިއެވެ.

"ބެކް ޓު ސްކޫލް" ނަމުގައި ކުރިއަށް ގެންދާ އެ އޮފާ އަކީ އުރީދޫ އަދި ނޮވެލްޓީ ބުކްޝޮޕް ގުޅިގެން ދިރާސީ އާ އަހަރާ ދިމާކޮށް، ބުކްޝޮޕްތަކުން ހިލޭ ދޫކުރާ ފޮތްލިސްޓްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ކަސްޓަމަރުންނަށް ފަސޭހައިން ފޯރުކޮށްދިނުމުގެ ޕްރޮމޯޝަނެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހިލޭ ފޯރުކޮށްދޭ ފޮތް ލިސްޓާއި ސްޓޭޝަނަރީސްގެ އިތުރުން، އެހެން ސްޓޭޝަނަރީސް ބޭނުންވާ ނަމަ، ގޯލްޑް ނުވަތަ ޕްލެޓިނަމް ޕެކޭޖަށް އޯޑަރު އަޕްގްރޭޑް ކުރުމުން ފެބަ-ކަސްޓެލް ވޯޓަ ކަލާ ޓިއުބް ނުވަތަ ކެމަލް އާޓިސްޓް އޮއިލް ފަދަ ޕްރިމިއަމް ބްރޭންޑްތަކުގެ ސްޓޭޝަނަރީތައް ލިބޭނެ އެވެ. އެ ޕެކޭޖުތަކުގައި ހިމެނޭ ތަކެތި ކަނޑައަޅާފައި ވަނީ ފޮތް ލިސްޓު ގަންނަ ކުއްޖާގެ ގްރޭޑަށް ބަލައިގެންނެވެ.

އުރީދޫގެ އަމާޒަކީ ފޮތް ލިސްޓް ހޯދަން ބެލެނިވެރިން ދަތުރުފަތުރުކުރުމާއި ކިއުގައި ޖެހުން ފަދަ ތަކުލީފުތައް ނައްތާލުން ކަމަށް އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވެ އެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިލޭ ފޯރުކޮށްދޭ ފޮތްލިސްޓާއި ސްޓޭޝަނަރީގެ އިތުރުން، އިތުރު ސްޓޭޝަނަރީ ބޭނުންފުޅުވާ ބެލެނިވެރިންނަށް ގޯލްޑް ނުވަތަ ޕްލެޓިނަމް ޕެކޭޖަށް އޯޑަރު އަޕްގްރޭޑް ކުރެވޭނެއެވެ.

މިޕެކޭޖުތަކުގައި ފޮތްލިސްޓްގެ އިތުރުން މެޕްޑް ކަލަރ، ޕެޕްސް ވޯޓަރކަލަރ، މެޓަލް ސެޓް 24 ކުލަ، ފެބަރ-ކަސްޓެލް ވޯޓަ ކަލާ ޓިއުބް، ކެމަލް އާޓިސްޓް އޮއިލް، ސްޓެޑްލަރ އެރްގޯސޮފްޓް ކަލަރ ޕެންސިލް ފަދަ ޕްރިމިއަމް ބްރޭންޑްތަކުގެ ޕްރިމިއަމް ސްޓޭޝަނަރީތައް ހިމެނެއެވެ. މި ޕެކޭޖުތަކުގައި ހިމެނޭ ތަކެތި ކަނޑައެޅިފައިވަނީ ފޮތްލިސްޓް ބައްލަވައިގަންނަ ގްރޭޑަށް އެކަށޭނެހެން ކަމަށް އުރީދޫއިން ބުނެއެވެ.

އެ އޮފާގެ ދަށުން މޫލީ މެދުވެރިކޮށް، ކޮންމެ އިރަކު އޯޑަރު ކުރިޔަސް، އެ މީހަކު ހުރި ތަނަކަށް ފޮތް ލިސްޓު ޑެލިވަރީ ކޮށްދޭނެ އެވެ. އޭގެ ފައިދާއަކީ އުރީދޫން ބުނިގޮތުގައި، ފޮތްލިސްޓް ހޯދުމަށް ދަރިވަރުންނާއި ބެލެނިވެރިން މާލެ އަށް ދަތުރުކޮށް، ފިހާރަތަކަށް ބާރުބޮޑުވެ، ކިއުގައި ޖެހެން ނުޖެހުމެވެ.

އެ ޕްރޮމޯޝަންގެ ދަށުން މޫލީ މެދުވެރިކޮށް، އޯޑަރު ކުރާ މީހުންނަށް ފޮތް ލިސްޓުގެ އިތުރުން ބެކްޕެކް، ސްޓިކާ ޕެކް، ސެލޯފެން އަދި ނަން ކާޑު ހިމެނޭ ގިފްޓް ޕެކެއް ލިބެ އެވެ.

މި އަހަރުގެ ކިޔެވުން މާދަމާ ނިންމައި، ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް 8 ގަ އެވެ.

އުރީދޫ އަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އަބަދުވެސް ލުއިފަސޭހަގޮތް ހޯދައިދެވޭނެ ގޮތްތައް ބަލާ، އައު ކަންތައްތަކާއިއެކު ހުރިހާ އުމުރެއްގެ މީހުންނާއިވެސް ގުޅޭ އެކިއެކި ކަންކަން ދިވެހި މުޖުތަމައުއަށް ތައާރަފްކުރާ ކުންފުންޏެކެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު