ވިޔަފާރި
ސްކޫލް ބަންދާ ދިމާކޮށް އައިކެއާގެ ހާއްސަ ޕްރޮމޯޝަނެއް
އައިކެއާ އޮޕްޓިކަލްސް. ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
މި ފެށުނު ސްކޫލް ޗުއްޓީއަށް އަމާޒުކޮށް އައިކެއާ އޮޕްޓިކަލްސް އިން އަގުހުރި އިނާމުތަކާއި ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ޕްރައިޒް ޑައިސް" ޕްރޮމޯޝަނުގައި ޑައިސްއެއް ރޯލްކޮށްގެން އަގުހުރި ތަފާތު އިނާމު ލިބޭނެ ކަމަށް އައިކެއާއިން އިން ބުންޏެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 990ރ. ގެ ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ކަމަށް އެ ފިހާރައިން ބުނެ އެވެ.

އިނާމުގެ އިތުރުން، ޑައިސް ރޯލްކޮށްގެން ބޮޑެތި ޑިސްކައުންޓު ވެސް ލިބޭނެ ކަމަށް އައިކެއާއިން ބުނެ އެވެ.

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު އައިކެއާގެ ހޮޓްލައިން ނަންބަރު 3321026އަށް ގުޅައިގެން ލިބޭނެ އެވެ. އަދި އައިކެއާ އޮޕްޓިކަލްސް އިން ވިއްކާ ތަކެތި، އައިކެއާގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.

އައިކެއާ އޮޕްޓިކަލްސްގެ ފުރަތަމަ ފިހާރަ ހުޅުވާފައި ވަނީ މީގެ 19 އަހަރު ކުރިން 2003 ވަނަ އަހަރު ވެރިކަން ކުރާ މާލޭގެ ގަޑިބުރު ކައިރީގަ އެވެ. އޭގެ ފަހުން މާލޭގެ އިތުރުން ބައެއް އެހެން ރަށްރަށުގައި ވެސް އައިކެއާގެ ފިހާރަތައް ވަނީ ހުޅުވައިފަ އެވެ.

އޭގެ ފަހުން އައިކެއާާއިން ވަނީ ލޮލުގެ ފަރުވާ ދޭ ހާއްސަ ހޮސްޕިޓަލެއް ވެސް މާލޭގައި ހުޅުވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު