ޚަބަރު
ސިވިލް ކޯޓުގެ ގާޒީ ޒުބައިރު އިސްތިއުފާ ދެއްވައިފި
ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޒުބައިރަކީ 14 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

މެޖިސްޓްރޭޓެއްގެ ހައިސިއްޔަތުން ފ. ދަރަބޫދޫ މެޖިސްޓްރޭޓް ކޯޓުގައި އަދި ދާއިރާ އިސްމެޖިސްޓްރޭޓްގެ ހައިސިއްޔަތުން ހދ. އަދި ދ. ޖުޑީޝަލް ދާއިރާގައި މަަސައްކަތް ކުރެއްވި އެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުގައާއި ޑްރަގް ކޯޓުގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.

ޒުބެއިރު އިސްތިއުފާ ދެއްވާފައި ވާއިރު، ސިވިލް ކޯޓަށް މިދިޔަ މާޗު މަހު ވަނީ އަލަށް ދެ ފަނޑިޔާރަކު އައްޔަންކޮށްފަ އެވެ. އެއީ:

  • ޒުލައިހާ ޝީޒާ (ސ. ފޭދޫ/ފިތުރޯނުގެ)
  • އަހުމަދު ނިމާލް (ގއ. މާމެންދޫ/ފެހިގެ)
ޖޭއެސްސީ އިން ބުނީ ފަނޑިޔާރުންގެ ގާނޫނުގެ 27 ވަނަ މާއްދާގެ (1) ގައި ބަޔާންވާ ގޮތުގެ މަތީން، ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން އަލްއުސްތާޛު ޒުބައިރު މުހައްމަދު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު