
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެން ނިޔާޒް ވިދާޅުވީ މަސައްކަތުގެ މާހައުލުގަ އާއި ދަރިވަރުންގެ ކިޔެވުން އަދި އާންމު ދިރިއުޅުމުގެ ކަންކަންމުގައި ވެސް އިންޓަނެޓްގެ ހިދުމަތް މުހިއްމުވެފައި ވާއިރު، މި ޕްރޮމޯޝަންގެ ސަބަބުން ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ހޯދުމަށް އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ."ޕްރޯލެޕްއާ އެކު މި ލޯންޗު ކުރި އޮފާ މެދުވެރިކޮށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ބައްލަވައިގަތުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ. ހުރިހާ ދަރިވަރުންނަށް އުފާވެރި ޗުއްޓީއަކަށް އަދި ބާއްޖަވެރި ތައުލީމީ އަހަރަކަށް އެދެން،" ނިޔާޒް ވިދާޅުވި އެވެ.މި އޮފާގެ ދަށުން ޕްރޯލެޕުން ގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ ފަސޭހަ މިނީ ޑިވައިސްއެއް ލިބޭނެއެވެ. އަދި 240ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ގެސް ލިބޭނެއެވެ.