ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މިނިވަންކަން ކަށަވަރު ކުރަން އިންޑިއާ ސިފައިން ފޮނުވާލަންޖެހޭ: އުމަރު
މަރިޔަމް އަނާ
27 ޖުލައި 2022 - 00:02
0
comments
Tweet
Telegram
ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރަން އިންޑިއާ ސިފައިން އަނބުރާ ފޮނުވާލަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާ މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އުމަރު ވިދާޅުވީ އިގިރޭސި ސިފައިން ރާއްޖޭ އަށް ފައިބާ ތިބި ތިބުން ކެބިނެޓް ގައި އިންނެވި އިބްރާހިމް ނާސިރަށް ސިފަވީ މިނިވަން ކަމަށް އޮތް ގޮންޖެހުމެއް ގޮތުގައި ކަމަަށާ ނަމަވެސް އިގިރޭސިންގެ ހަދިޔާ ލިބެމުންދިޔަ ބޭފުޅުންނަށް އެކަން ސިފަވީ އެހެން ގޮތަކަށް ކަމަަށެވެ.
އެގޮތުން މިއަދު އިންޑިޔާ ސިފައިން ރާއްޖޭ އަށް ފައިބާ ތިބިތިބުން ސިފަވަނީ މިނިވަން ކަމަށް އޮތް ގޮންޖެހުމެއް ގޮތުގައި ކަމަށާއި އިންޑިއާގެ ހަދިޔާ ލިބޭ ފަރާތްތަކަށް މިކަން ސިފަވާނީ އެހެން ގޮތަކަށް ކަމަށް އުމަރު ވިދާޅުވި އެވެ.
"ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި އިނގިރޭސިން ބޭލި ގޮތަށް، އިންޑިއާ ސިފައިން އަނބުރާ ފޮނުވާލަންޖެހޭ. މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް." އުމަރު ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާ އިރު، އެ މީހުން ރާއްޖޭން ބޭލުމަށް ގޮވާލައި އިދިކޮޅުން އަންނަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ވެސް ހިންގަމުންނެވެ. އޭގައި އިސްކޮށް ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
ހޯމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އުމަރު ވެސް ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ މަަސައްކަތް އެކި ސަބަބުތަކާއި ގުޅިގެން ކުރެވޭ ގޮތް ނުވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިއަދު ތިބީ މަދު އަދަދެއްގެ އިންޑިއާ ސިފައިނެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އިންޑިއާ ސިފައިން އެބަ ތިއްބެވެ. އެ ގައުމުގެ ސިފައިންގެ އަދަދު 300 ވުރެ މަދު ނުވާނެ ކަމަށްވެސް ކުރީން ވިދާޅުވިއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
18 ދުވަސް ކުރިން
0
އިންޑިއާއިން ރާއްޖެ އެތެރެކުރާ ޒަރޫރީ ތަކެތީގެ ކޯޓާ އިތުރުކޮށްދީފި
1 މަސް ކުރިން
0
ހަލީލް އާއި ޖައިންޝަންކަރު ބައްދަލު ކުރައްވައިފި
1 މަސް ކުރިން
0
ރައިސިނާ ޑައިލޮގުގައި ބައިވެރިވާން މިނިސްޓަރު ހަލީލު އިންޑިއާއަށް
2 މަސް ކުރިން
0
އާ ސަފީރު އިންޑިއާގެ ރައީސަށް ފަތްކޮޅު އަރުވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މެންބަރެއްގެ ދައުރު ހަމަވާތީ ބްރޯޑްކޮމްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
8 ގަޑިއިރު ކުރިން
0
އެއްބުރުން ރައީސަކު ހޮވަން ނަޝީދު ތާއީދުކުރައްވައިފި
8 ގަޑިއިރު ކުރިން
0
އެގްރިކަލްޗާ މިނިސްޓްރީއަށް އޭސީސީ އާއި ފުލުހުން ވަދެއްޖެ
8 ގަޑިއިރު ކުރިން
0
ރައީސް، ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި
11 ގަޑިއިރު ކުރިން
0