ސިވިލް ކޯޓުގެ އިސް ގާޒީ ރިޓަޔާކުރައްވައިފި
ފާތުމަތު މަލްހާ
22 އޯގަސްޓް 2022 - 13:51
0 comments
ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީ --- ފޮޓޯ: ވަން
ސިވިލް ކޯޓުގެ އިސް ގާޒީ، އަބްދުﷲ އަލީ ރިޓަޔާ ކުރައްވައިފިއެވެ.
ގާޒީ އަބްދުﷲގެ ރިޓަޔާމެންޓާ މެދު ޖޭއެސްސީ އިން އިއްޔެ ގޮތެއް ނިންމާ އެކަން ވަނީ ގާޒީ އަށް އަންގާފަ އެވެ.
ގާޒީ އަބްދުﷲގެ ރިޓަޔަމަންޓާ މެދު ޖޭއެސްސީ ގޮތެއް ނިންމި ނަމަވެސް ރަސްމީކޮށް އޭނާ ފަނޑިޔާރު ކަމުން ވަކިވާނީ މިހާރު ސިވިލް ކޯޓުގައި ގާޒީ އަބްދުﷲ ބަލަމުންދާ މައްސަލަތައް ނިމުމުން އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެވެ.
ސިވިލް ކޯޓުގެ އިސް ގާޒީގެ ޒިންމާ ހަވާލުކުރުމަށް ޖޭއެސްސީ އިން ނިންމާފައިވަނީ ސިވިލް ކޯޓުގެ ގާޒީ އަހްމަދު ނިމާލު ޖުނައިދު އަށެވެ. ޝަރުއީ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ހުންނެވި އަބްދުﷲ އަލީ ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް އައްޔަންކުރީ 2016 ވަނަ އަހަރެވެ.އަބްދުﷲ އަލީ ގާޒީކަމުން ރިޓަޔާ ކުރެއްވި އިރު، އޭނާއާ ގުޅޭ ގޮތުން ޖޭއެސްސީން ވަނީ ސުލޫކީ މައްސަލައެއް ބަލައި ފިޔަވަޅު އަޅައިފައެވެ. އެޅި ފިޔަވަޅަކީ އޭނާއަށް ނަސޭހަތް ދިނުމާއެކު، ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން އެންގުމެވެ.
ކިޔުންތެރިންގެ ޝުއޫރު