ޚަބަރު
ރާއްޖޭގެ ޝަރުއީ ދާއިރާގެ މުވައްޒަފުން ތަމްރީނު ކުރުމާގުޅޭ އެއްބަސްވުމެއް ހަދައިފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އިންޑިއާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއާ ދެމެދު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ.

ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އެމް.އޯ.ޔޫގައި ސޮއިކުރެއްވުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ކޮމިޝަނުގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިންއެވެ. އަދި އިންޑިޔާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހައި ކޮމިޝަނަރ ޝްރީ މުނޫ މަހާވަރްއެވެ.

ޖޭއެސްސީން ބުނި ގޮތުގައި މިއަދު ސޮއި ކުރި އެމްއޯޔޫގެ ސަބަބުން ރާއްޖޭގެ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަކަށް ފަންނީ ތަމްރީނާއި، ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުސަތުތައް ފަހިވެގެންދާނެ އެެވެ.

މިރަސްމިއްޔާތުގައި ހިސާން ވަނީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް އިންޑިއާ ސަރުކާރުން ހޯދައިދޭ ފުރުސަތުތަކާއި ފޯރުކޮށްދޭ އެހީތެރިކަމަށްޓަަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިއަދު ސޮއިކުރި އެމްއޯޔޫގައިވާ ކަންކަން ތަންފީޒުކުރުމުގައި ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ޖޭއެސްސީން ދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިންޑިޔާގެ ސަފީރު، ހައި ކޮމިޝަނަރ ޝްރީ މުނޫ މަހާވަރް، މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއާއި ކޮމިޝަނާއި އެކު ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނާއި، ޖުޑީޝަލް އެކަޑަމީގެ މުވައްޒަފުން ތަމްރީން ކުރުމަށް މުސްތަޤްބަލުގައި ކުރެވޭނެ ކަންތައްތަކުގެ މައްޗަށް އަލި އަޅުވާލެއްވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު