ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ތިން ރަށެއްގެ މަގުބައްތިތައް ބަލަހައްޓަން ސްޓެލްކޯއާއެކު އެއްބަސް ވެއްޖެ
މަރިޔަމް އަނާ
28 އޯގަސްޓް 2022 - 14:59
0
comments
Tweet
Telegram
ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އއ. އަތޮޅުގެ ތިން ރަށެއްގެ މަގުބައްތިތައް މަރާމާތުކޮށް ބެހެއްޓުމުގެ އެއްބަސްވުމެއްގައި އެ ކުންފުނިން ސޮއިކޮށްފި އެވެ.
ތިން ރަށެއްގެ މަގުބައްތިތައް ބަލަހައްޓާ، މަރާމާތު ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި ސްޓެލްކޯގެ މައި އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިގޮތުން މަގުބައްތިތައް ބެލެހެއްޓުމަށް ސްޓެލްކޯއާއެކު އެއްބަސްވެފައި ވަނީ ރަސްދޫ، އުކުޅަސް އަދި ތޮއްޑޫ ކައުންސިލާއެކުގަ އެވެ.
ރަސްމިއްޔާތުގައި ބައިވެރިވި ކައުންސިލްތަކުގެ ރައީސުން ވަނީ ސްޓެލްކޯއިން މި ހިދުމަތް ދޭން ފެށުމާއެކު މަގުބައްތިތައް ދިއްލުމަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އަދި، ރަށްރަށަށް ބޭނުންވާ ކަންތައްތައް ކުރުމުގައި އަބަދުވެސް ސްޓެލްކޯއިން އިސްނަގާ، މަސައްކަތް ކޮށްދެއްވާ ކަން ފާހަގަކޮށް ކުންފުނީގެ އިސްވެރިންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
ކައުންސިލްތަކުން ވަނީ ތަރައްގީއަށް މަސައްކަތް ކުރުމުގައި ހުރި ދަތިތައް ފާހަގަކޮށް، އެކަންކަމުން އަރައިގަތުމަށް ކުންފުނިތަކުގެ އެހީތެރިކަން ބޭނުންވާކަން ވެސް ފާހަގަކުރައްވާފައެވެ.
"ސްޓެލްކޯއިން އަޅުގަނޑުމެންގެ ކުންފުނިން މިދޭ ހިދުމަތްތަކުގައި މައިގަނޑު އަމާޒަކަށް ހަދާފައިވާނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކީގައި ކޮށްދެވޭނެ ސިޔާސަތުތައް ބައްޓަންކޮށް، އެކަން ތަންފީޒުކުރުމަށް،" މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު ވިދާޅުވި އެވެ.
އަދި، ސްޓެލްކޯއިން މިހާރު ޕައިލަޓް ޕްރޮޖެކްޓެއް ގޮތުގައި މާފުށީގެ ކުނި މެނޭޖު ކުރުމުގެ ކަންކަން ވެސް ކުރަމުންދާކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި އެފަދަ ތަޖުރިބާތަކުގެ އަލީގާ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
ޝަރީފުގެ ވާހަކައިގައި ވަނީ ސްޓެލްކޯގެ ހިދުމަތް ދެމުން އަންނަ ރަށްތަކުގެ ކައުންސިލުން ރާވައި ހިންގާ ހުރިހާ އިޖުތިމާއި ހަރަކާތަކަށް ވެސް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
ރަސްދޫގެ ގެއެއްގައި ރޯވެ ދެމަފިރިއަކު ވަރަށް ބޮޑަށް ފިހިއްޖެ
7 ދުވަސް ކުރިން
0
ތުލުސްދޫގައި 11.9 މިލިއަން ރުފިޔާއަށް އާ އިންޖީނުގެއެއް އަޅަނީ
11 ދުވަސް ކުރިން
0
މިދިޔަ އަހަރު ސްޓެލްކޯއިން 137 މިލިއަން ރުފިޔާގެ ފައިދާ ހޯދައިފި
11 ދުވަސް ކުރިން
0
ސްޓެލްކޯގެ ހަރަދުގައި އިންޖިނިއަރިންގެ ދާއިރާ އިން ކިޔަވަން ސްކޮލާޝިޕްތަކެއް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މިއަދާއި މާދަމާ ވެސް މާލޭގައި އީދު ހަވީރު އޮންނާނެ
2 ގަޑިއިރު ކުރިން
0
ގދ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި
18 ގަޑިއިރު ކުރިން
0
ބީއެމްއެލް އިސްލާމިކް އިން 10 ރަށެއްގައި އީދު ސައި
1 ދުވަސް ކުރިން
0
ޒަކާތުގެ ގޮތުގައި މީގެ ކުރިން ނުލިބޭ މިންވަރަށް ފައިސާ ލިބިފައިވާ ކަމަށް މިިނިސްޓްރީން ބުނެފި
1 ދުވަސް ކުރިން
0