
ސިވިލް ކޯޓަށް ޤާޒީއަކު ހޯދުމަށް އިއުލާނު ކޮށްފައިވަނީ އޮގަސްޓް 15 ވަނަ ދުވަހުއެވެ.އެ މަގާމަށް ކުރިމަތި ލާފައިވަނީ ޢަލީ ނަޞީރު / ގާޑެނިޔާވިލާ، ބ.ކިހާދޫ، ޢަބްދުﷲ ޒާހިރު / ދަފްތަރު، ނަންބަރު ރސ 9175، ކ.މާލެ، މުޙައްމަދު ވިދާން ޝާކިރު / ހ.ހުދުފިނިފެންމާގެ، ކ.މާލެ، އާދަމް ޛާލިފް / އޯކިޑުމާގެ، ގއ.ގެމަނަފުށި، ޢަލީ ނަދީމް / ހ.ގްލޯރިއޯސާ 2، ކ.މާލެ، ނަފީލު މުޙައްމަދު / ލަކީހޯމް، ގއ.ދާންދޫ، ސިނާން ޢަލީ / ސަންޑަލްވޫޑް، ގދ.ފިޔޯރީ އަދި އަޙްމަދު މަޢުޞޫމް / ހަވީރީމަންޒިލް، ލ.މާބައިދޫއެވެ.ޖޭއެސްސީން ވަނީ ސިވިލް ކޯޓަށް އިތުރު ގާޒީ އަކު ހޯދުމަށް މިމަހުގެ 24 ވަނަ ދުވަހު ވެސް އިއުލާންކޮށްފަ އެވެ. އެ ދުވަހު ގާޒީއަކު ހޯދުމަށް އިއުލާންކުރެއްވީ ސިވިލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންނެވި އަބްދުﷲ އަލީ ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމާ ގުޅިގެން އޭނާގެ ބަދަލުގަ އެވެ.