ވިޔަފާރި
ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްތެރި މީހުން ހޯދަނީ
ރާއްޖެއަށް ޓޫރިޒަމް ތައާރަފްކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޖޯޖު ކޯބިން- ފޮޓޯ: އަވަސް
ފަތުރުވެރިކަމުގެ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މީހުން ހޯދަން ޓޫރިޒަމް މިނިސްޓްރީއިން މިއަދު އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، އާންމުންގެ ފަރާތުން އެފަދަ ހިދުމަތްތެރިންގެ ނަމާއި މައުލޫމާތު ހުށަހެޅުމަށް އެދިފަ އެވެ.

އެ އިއުލާނުގައި ވާގޮތުން، ގިނަ ދުވަހު ފަތުރުވެރިކަމުގެ ދާއިރާ އަށް ހިދުމަތްކޮށްފައި ތިބި އަދި ހިދުމަތުގައި ދެމިތިބި މީހުންނާއި ފާހަގަކޮށްލެވޭ ކުރިއެރުމެއް އެ ދާއިރާ އަށް ގެނައުމަށް އެހީތެރިވި ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީން ބޭނުންވެ އެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ ވިދާޅުވީ، ޑޭޓާ ބޭސް އެކުލަވައިލުމަކީ މި އަހަރު ރާއްޖޭގައި ފާހަގަކުރާ ފަތުރުވެރިކަމުގެ ރަންޔޫބީލާ ގުޅުވައިން، އެ ހިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ މަގުސަދުގައި ފެށި ކަމެއް ކަމަށެވެ.

"އިންޑަސްޓްރީއާ ވެސް ގުޅިގެން މި މަސައްކަތް ކުރަނީ. އެ ބޭފުޅުން ފަރާތުން ލިބޭ ނަންތަކާއެކު، އެއްވެސް ނަމެއް އުނިވެދާނެތީ އާންމުންނަށް މި ހުޅުވައިލީ. އޭރަށް އެ ފަރާތުން ލިބޭ ނަންތައް ވެސް ހިމަނަން" ނިލްފާ ވިދާޅުވި އެވެ.

އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކާއި، މިދާއިރާގައި ފާހަގަކޮށްލެވޭ މުހިއްމު ދައުރެއް އަދާކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އަންނަ މަހުގެ ހަތަރެއްގެ ކުރިން ހިއްސާކުރުމަށްވެސް މިނިސްޓްރީން އެދިފައިވެ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ހޯދާ ސަބަބެއް މިނިސްޓްރީގެ އިއުލާނުގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް، މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރު ކަމަށްވާތީ، ޓޫރިޒަމް މިނިސްޓްރީއިން ގެންދަނީ އެކަމާ ގުޅުވައި އެކިއެކި ހަރަކާތްތައް ހިންގަމުންނެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު