
އެ ކޯޓުން މީގެ ތިން ހަފްތާ ކުރިންވެސް ފަނޑިޔާރުން ހޯދަން އިއުލާނު ކުރިއެވެ.މި މަގާމުގެ އަސަސީ މުސާރައިގެ ގޮތުގައި މަހަކު 30,000 ރުފިޔާ ލިބޭ އިރު ލިވިންގ އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާ އަދި ރިސްކު އެލަވަންސްގެ ގޮތުގައި މަހަކު 1،650 ރުފިޔާ ލިބޭނެއެވެ. މީގެއިތުރުން ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ފޯނު އެލަވަންސް ލިބިގެންދާނެ އެވެ.