
އެފްއޭއެމް ހިންގާ އޮފީސް އިމާރާތުން އިއްޔެ ކަރަންޓު ކަނޑާލީ ސްޓެލްކޯ އިން ބުނި ގޮތުގައި އެ އެސޯސިއޭޝަނުން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެކި ފަހަރު މަތިން އަންގައި، ގިނަ ފުރުސަތުތަކެއް ދިނުމުން ވެސް އެކަން ކޮށްފައި ނުވާތީ ކަމަށެވެ. އެ ފައިސާ ނުދައްކާ ނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުން ވެސް ކަރަންޓްގެ ހިދުމަތް މެދުކަނޑައިލާނެ ކަމުގެ އިންޒާރު ވެސް ސްޓެލްކޯ އިން ދިނެވެ.އެކަމާ ގުޅިގެން އިއްޔެ އެފްއޭއެމް އިން ބުނީ އެފްއޭއެމް ހައުސްގެ ބޭނުން ކޮވިޑުގެ ތެރޭގައި ސަަރުކާރުން ވެސް ހިފި ކަމަށާއި އަދި މިހާރު ވެސް ސްކައުޓް އެސޯސިއޭޝަން އެތަނުގައި ހިންގާ ކަމަށެވެ. އެހެންވެ އެފްއޭއެމް އިން ޒިންމާވާން ނުޖެހޭ ފައިސާތަކެއް ވެސް ހިމެނޭ މައްސަލައެއްގައި އެފްއޭއޭއެމްގެ އޮފީސް ހިންގާ ބައިން ކަރަންޓު ކަނޑާލުމަކީ ސްޓެލްކޯގެ އިހުލާސްތެރިކަމެއް ނެތްކަން ދައްކުވައިދޭ ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.