ޚަބަރު
މަތީ ދަރަޖަ ހޯދާ މީހުންނަށާއި ހާފިޒުންނަށް އިނާމު ދިނުން ޖުމްހޫރީ ދުވަހު
1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސްގެ ޚާއްސަ މެޑަލް ދެއްވުން ޖުމްހޫރީ ދުވަހު އޮންނާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު 11 އެވެ. 

ރައީސް އޮފީހުން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ، އަންނަ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ، 8:30 ގައި، ދަރުބާރުގޭގައިކަމަށެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު މިފަހަރު ދެއްވުމަށް ހަމަޖައްސަވައިފައިވަނީ، މިއަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައިކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މިދިޔަ އަހަރު ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ފޯމު ހުށަހެޅުމާ ގުޅިގެން މިދިޔަ އަހަރުގެ ގައުމީ ދުވަހު އެ އިނާމު ދިނުމުގެ ބަދަލުގައި އެ އިނާމު ދީފައިވަނީ އެހެން ދެ މުނާސަބަތެއްގަ އެވެ.

މިދިޔަ އަހަރު ހިދުމަތް ކުރުމުގެ އިނާމް ދީފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގަ އާއި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި 26 ޑިސެމްބަރުގައި އޮތް ރަސްމީ ޖަލްސާގަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު