ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޖިންސީ ގޯނާކުރި ދާންދޫ ގާޒީ އިސްތިއުފާ ދެއްވައިފި
އަލީ ރާޒީ
02 ނޮވެމްބަރ 2022 - 15:05
0
comments
ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް.
Tweet
Telegram
ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކާ މެދު ޖިންސީ ގޯނާގެ އަމަލެއް ހިންގާފައިވާކަން ސާބިތުވެފައިވާތީ، މެޖިސްޓްރޭޓްކަމުގެ މަގާމުން އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ދާންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޖޭއެސްސީން މިއަދު ބުނީ ލުއައްޔު އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައިވަނީ އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ. އަދި ލުއައްޔު އިސްތިއުފާ ދެއްވީ ދުވަހު ކުއްޔަށް އޭނާ މަސައްކަތަށް ނުކުމެ އުޅުއްވާ ކަމަށް ތުހުމަތުކޮށް ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް ކަމަށްވެސް ބުނެފައިވެ އެވެ.
ޖޭއެސްސީއަށް ލުއައްޔުއާ ގުޅޭ އިތުރު 22 މައްސަލައެއް ހުށަހެޅި އެވެ. މީގެތެރެއިން 20 މައްސަލަ ޖޭއެސްސީން ނިންމާފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ލުއައްޔު ހިނގާފައިވާކަން ސާބިތު ނުވާ ކަމަށެވެ. އަނެއް ދެ މައްސަލައިގައި ވަނީ ސުލޫކާ ޚިލާފުވެފައިވާކަން ސާބިތުވާ ކަމަށް ނިންމާފަ އެވެ.
ލުއައްޔުއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅި 22 މައްސަލައަކާ ގުޅޭ ގޮތުން ހިންގި ތަހުގީގުން ލުއައްޔުގެ މައްޗަށް ސާބިތުވެފައިވާ ދެ މައްސަލައަކީ:
އެ ކޯޓުގައި މަސައްކަތްކުރި މުވައްޒަފަކާ މެދު ޖިންސީ ގޯނާގެ އަމަލެއް ހިންގާފައި ވުން
ކޯޓުގެ ރަސްމީ ގަޑީގަ އާއި އެ ނޫން ވެސް ވަގުތުތަކުގައި ވިޔަފާރީގައި އަމަލީ ގޮތުން ހަރަކާތްތެރިވެ، މި މައްސަލައިގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައި ވުން
މިމައްސަލަތަކުގެ ތަހުގީގު ރިޕޯޓް ފާސްކުރީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކޮމިޝަންގެ ޖަލްސާގަ އެވެ.
މެޖިސްޓްރޭޓްގެ މަގާމުން ލުއައްޔު ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވީ ނަމަވެސް އޭނާ ވަޒީފާ އިން ވަކިވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އޭނާ ވަކިކުރުމަށް މަޖިލީހުން ނިންމުމުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
14 ގަޑިއިރު ކުރިން
0
ފަނޑިޔާރުންގެ ތެރޭގައި ކޮރަޕްޓް ފަނޑިޔާރުން ގިނަ: ޔާމީން
3 ދުވަސް ކުރިން
0
ހުޅުދުއްފާރު އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި
5 ދުވަސް ކުރިން
0
ކްރިމިނަލް ކޯޓަށް ތިން ގާޒީން ހޯދަނީ
1 މަސް ކުރިން
0
ފުލުހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ބެލްޖިއަމް ކަޓުވާލުމަށްފަހު ސްޕެއިން ސެމީއަށް
48 މިނެޓް ކުރިން
0
ޕީއެންސީގެ އެތެރޭގެ އިންތިހާބު ފަށައިފި
55 މިނެޓް ކުރިން
0
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ފައިސަލް ޝައުގުވެރިކަން ފާޅުކޮށްފި
14 ގަޑިއިރު ކުރިން
0
ފަނޑިޔާރުންގެ ތެރޭގައި ކޮރަޕްޓް ފަނޑިޔާރުން ގިނަ: ޔާމީން
14 ގަޑިއިރު ކުރިން
0