
އެ މަނިކުފާނު މިހާރު އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ހަވީރު ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ޕޮލިސް ކޮލެޖަކީ އިންޑިއާ އިން ހެދި ތަނަކަށް ވިޔަސް، އެ ގައުމުގެ އިހުލާސްތެރި ކަމެއް ހުރި ނަމަ ތަނުގެ ރަޖިސްޓްރީ މިހާރު އޮންނާނީ ދިވެހިންނާ ހަވާލުކޮށްފައިވާ ކަމަށެވެ.ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހިން އެދޭ ގޮތް ނޫންކަމަށް ބުނަންޖެހޭ ކަމަށެވެ. އަދި އެކަމުގައި އައްޑޫ ސިޓީން މިސާލުދައްކައިފިނަމަ އެކަމުން މުޅި ރާއްޖެއަށްވެސް ހިތްވަރު ލިބިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.