ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފައިސާ ހޯދަން އިތުރު ކުންފުންޏަކާ ވެސް ހަވާލުކޮށްފި
އިސްމާއިލް ރިޒާ
23 ނޮވެމްބަރ 2022 - 18:52
0
comments
ފޮޓޯ: ޕްލޭނިން މިނިސްޓްރީ
Tweet
Telegram
ފައިސާގެ ބަދަލުގައި ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން، ހަ ރަށެއްގެ އެއާޕޯޓު ހަދަން ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދަން އިތުރު ދިވެހި ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ހަ ސަރަހައްދުގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީ ކުރުމަށް / ތަރައްގީ ކުރަން ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގެ ދަށުން މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެކު އެ މިނިސްޓްރީން އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ތަފްސީލެއް ނުދެއެވެ.
ރާއްޖޭގެ ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން ދެތީން ފަހަރެއްގެ މަތީން އިއުލާނު ކުރި އެވެ. ޑިސެންބަރު 20، 2021 ގައި ކުރި އިއުލާނު ވަނީ އެއާޕޯޓްތައް ހަދާނެ ރަށްތަކާއި އެކަމަށް ހޭދަވާނެ މިންވަރު ހާމަކޮށްފައެވެ.
ޕްލޭނިން މިނިސްޓްރީން އޭރު ބުނި ގޮތުގައި ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް / ބިން / ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީ ކުރުމަށް / ތަރައްގީ ކުރުމަށް ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އާންމުކޮށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މި ފަހަރު ފައިނޭންސިން އެއްބަސްވުމެއް ހެދީ މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޑެޓާއެކު ކަމަށެވެ. އެއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރު ވިއްކުމުގެ ވިޔަފާރިކުރަމުން އަންނަ ކުންފުންޏެކެވެ.
ބ. ތުޅާދު އާއި ށ. ބިލެތްފައްސާއި ތ. ވިލުފުއްޓާއި ހދ. މަކުނުދު އާއި ފ. މަގޫދޫ އަދި ރ. އަތޮޅުގެ ދެކުނު ބިތުގެ ރަށެއްގައި ރީޖަނަލް އެއާޕޯޓް ހެދުމަށް މިދިޔަ މަހު ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެސް ފައިނޭންސިން އެއްބަސްވުމެއް ހެދި އެވެ.
ދެކުނު ދުނި އިންވެސްޓްމަންޓަކީ ރިސޯޓު ހަދައި ހިންގުމުގައި ގިނަ އަހަރުތަކެއް ވެފައިވާ ސަންލޭންޑް ހޮޓެލްސް އާއި ސަންލޭންޑް ޓްރެވަލްސްގެ ހިއްސާދާރުންގެ ކުންފުންޏެކެވެ. ނަމަވެސް، އެ ކުންފުނިން އަދި އެއްވެސް ވިޔަފާރިއެއް ކުރާ ކަމަކަށް ފިނޭންސް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާ މައުލޫމާތުން އެނގޭކަށް ނެތެވެ.
އެ ދެ ކުންފުނިން ފައިނޭންސް ކުރަނީ ސީދާ ކޮން ރަށެއްގައި އެއާޕޯޓް ހެދުމަށް ކަމަށް ޕްލޭނިން މިނިސްޓްރީން އަދި ނުބުނެ އެވެ.
މި ސަރުކާރުގެ ޕްލޭނަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ފަސޭހައިން ދަތުރު ކުރެވޭނެ ގޮތަށް އެއާޕޯޓުތައް ގާއިމް ކުރުމެވެ. އެގޮތުން ކޮންމެ ހއ. ހަނިމާދޫ ހިމެނޭ ގޮތަށް ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ދަނީ އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
15 ދުވަސް ކުރިން
0
މާވަށު ރައްޔިތުންނަށް 30 ހެކްޓަރުގެ ބިން ހިއްކައިދޭނަން: ރައީސް
2 މަސް ކުރިން
0
އައްޑޫ ބްރިޖުގެ ޑިޒައިން ސާވޭ ނިންމައިފި
3 މަސް ކުރިން
0
ދުރާލާ ޓިކެޓް ނަގައިގެން ހެޔޮ އަގެއްގައި މަޑިވަރަށް
5 މަސް ކުރިން
0
ކުރީ ސަރުކާރުގެ މިނިސްޓާރު އަސްލަމަށް ދައުވާކުރަން ނަޝީދު ގޮވާލައްވައިފި
ކިޔުންތެރިންގެ ޝުއޫރު
80%
0%
20%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހަދިޔާފޮށިން އިނާމު ލިބުނު ފަރާތްތަކާ އިނާމު ހަވާލުކޮށްފި
3 ގަޑިއިރު ކުރިން
0
ހަމައެކަނި ދިވެހިންނަށް ގަނެވޭގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ
3 ގަޑިއިރު ކުރިން
0
މޯލްޑިވިއަނުން މާލެ-ލަންކާ ދަތުރުތައް ފަށައިފި
3 ގަޑިއިރު ކުރިން
0
ޔާމީންގެ ޕީއެންއެފް ޕާޓީ ރަޖިސްޓްރީކޮށް ދީފި
3 ގަޑިއިރު ކުރިން
0