
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ނެރުނު އިއުލާނުގައި ވަނީ ސިއްރުކޮށްގެން ބާއްވާ އެ އަޑުއެހުންތަކުގައި ބަޔާން ދޭން ބޭނުންވާ ފަރާތްތަކުން އެމީހެއްގެ ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރަކާއި، ދާއިމީ އެޑްރެހާއި، މިހާރު ދިރިއުޅޭ އެޑްރެހާއި ކަމާ ގުޅޭ މައުލޫމާތު ދެވިދާނެ ހައިސިއްޔަތު ނުވަތަ މައުލޫމާތު އެނގޭ ގޮތް އެ އޮފީހަށް ހިއްސާކޮށްދިނުމަށް އެދިފައެވެ.އޮމްބަޑްސްޕާސަންގެ އޮފީހުން ބުނިގޮތުގައި އެފަދަ މައްސަލަތަކުގެ ތެރެއިން ބަޔާން ދެވޭނީ ޖަލުތަކުގައި 1953 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު 17އާ ދެމެދު ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު އަމަލުތަކާ ގުޅޭ މައްސަލަތުކައެވެ.ނަން ނޯޓު ކުރުމަށް މުއްދަތު މިހާރު އިތުރުކޮށްފައިވަނީ އަންނަ މަހުގެ އައްވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.