
މިއީ އިމާރާތް ކުރުމުގެ ދާއިރާގައި އެންމެ ނޫފުޒު ގަދަ އަދި އެންމެ ބޮޑު އެއް ފެއާ އެވެ. އެގްޒިބިޓަރެއްގެ ގޮތުގައި އެސްޓީއޯއިން މި ފެއާގައި ބައިވެރިވިއިރު އެސްޓީއޯ މޯލްޑިވްސްގެ ނަމުގައި މި ފެއާގައި ގާއިމްކޮށްފައިވާ ސްޓޯލްގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ގެ މުދާ ދައްކާލާނެ އެވެ.އެގޮތުން، އެތަނުން ވިއްކާ، ހިލަ ހިލަވެލި، ދަގަނޑު، ދަގަނޑު ހޮޅި، ފަތި ހޮޅި އަދި ޕްލައިވުޑާއި، ޝަޓަރިންގ ފިލާގެ އިތުރުން އެސްޓީއޯ ސިމެންތި ދައްކާލާނެ އެވެ.